ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-3.2/1/2019/29
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 26 ސެޕްޓެންބަރު 2019 10:30
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ފޯރަމްގައި ބޭނުންކުރާ މެޓީރިއަލްތައް ޑިޒައިންކުރުމާއި ޕްރިންޓްކުރުން

ކެޕިޓަލް މާކެޓް ފޯރަމްގައި ބޭނުންކުރާ މެޓީރިއަލްތައް ޑިޒައިންކުރުމާއި ޕްރިންޓްކުރުމާއި ހަރުކުރުން

 

މި އޮތޯރިޓީން ބާއްވާ ކެޕިޓަލް މާކެޓް ފޯރަމްގައި ބޭނުންކުރާ މެޓީރިއަލްތައް ޑިޒައިންކުރުމާއި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 09 ސެޕްޓެންބަރު 2019ގައި ކުރި އޮތޯރިޓީގެ ނަންބަރު: (IUL)179-3.2/1/2019/25   އިއުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢްލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

 

މި އޮތޯރިޓީއިން އިންތިޒާމްކޮށްގެން ބާއްވާ ކެޕިޓަލްމާކެޓް ފޯރަމްގައި ބޭނުންކުރާ ތަކެތި ޑިޒައިންކުރުމާއި ޕްރިންޓްކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://bit.ly/2m29m2Q  

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތިރީގައިމިވާ ޗެކްލިސްޓް ފުރިހަމަކުރައްވައި ސޮއިކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ކުންފުނި  ނުވަތަ ޕާރޓްނާރޝިޕްގެ ރަޖިސްޓްރޭޝަން ކޮޕީ

 

ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

 

ހިއްސާދާރުން ނުވަތަ ޕާރޓްނަރުންގެ ތަފްސީލް

 

އަންދާސީހިސާބު (ތަކެތީގެ އަގު ވަކިވަކިން އެނގޭ ގޮތަށް ޖުމްލަ އަގާ އެކު)

 

ނޯޓް: ބިޑް ކާމިޔާބުކުރާ ފަރާތާ މަސައްކަތް ޙަވާލުކުރެވޭނީ ޓެކްސް ކްލިއަރެންސް ހުށަހެޅުމުންނެވެ.  

 

މަތީގައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 26 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހު10.30 އަށް މި އޮތޯރިޓީއަށް ވަޑައިގެން ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

 

 

 

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 3014 124  އަށް ގުޅުއްވުން އެދެމެވެ. 

 

ބިޑް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ކޮންފަރެންސް ރޫމް) ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

20 މުޙައްރަމް    1441

19 ސެޕްޓެންބަރު  2019

19 ސެޕްޓެންބަރު 2019