ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019

 

 
   

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

         ދިއްދޫ

        ދިވެހިރާއްޖެ                            

                                                  ނަންބަރު: (IUL)225-AHRI/225/2019/16

                 

އިޢުލާނު

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019 އަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން މި ހިނގާ (2019 ވަނައަހަރު) ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރެއެވެ.

މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް  ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާބެހޭ އިތުރު ތަފުޞީލްތައް މިކަމާބެހޭ ސިޔާސަތުން ސާފުވެވަޑައިގަންނަވާނެއެވެ. އަދި މި އިނާމް ދިނުމާބެހޭ ސިޔާސަތާއި، އެޕްލިކޭޝަން ފޯމް މި އިދާރާއިންނާއި، ރަށުކައުންސިލްތަކުންނާއި، މި އިދާރާގެ ވެބްސައިޓް www.halifatoll.gov.mv ންނާއި، ދިވެހިސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

އަރުތަވެރިންގެ އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6500002، 6500068 މި އިދާރާގެ ނަމްބަރު ފޯނާއެވެ.

"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ޝަރަފުވެރިކަމުގެ އިނާމު
  • ހިތްވަރުދިނުމުގެ އިނާމު
  • ކައުންސިލުންދޭ ޚާއްޞަ އިނާމު
  • މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
  • ޚާއްޞަ ޚިދުމަތުގެ އިނާމު
  • ހިންގުންތެރިކަމުގެ އިނާމު

                       

             19  މުޙައްރަމް    1441

             18   ސެޕްޓެންބަރު 2019

 

18 ސެޕްޓެންބަރު 2019
ހޯދާ