ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިއްދޫ
ދިވެހިރާއްޖެ
ނަންބަރު: (IUL)225-AHRI/225/2019/16
އިޢުލާނު
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019 އަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާބެހޭ އިތުރު ތަފުޞީލްތައް މިކަމާބެހޭ ސިޔާސަތުން ސާފުވެވަޑައިގަންނަވާނެއެވެ. އަދި މި އިނާމް ދިނުމާބެހޭ ސިޔާސަތާއި، އެޕްލިކޭޝަން ފޯމް މި އިދާރާއިންނާއި، ރަށުކައުންސިލްތަކުންނާއި، މި އިދާރާގެ ވެބްސައިޓް www.halifatoll.gov.mv ންނާއި، ދިވެހިސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.
އަރުތަވެރިންގެ އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6500002، 6500068 މި އިދާރާގެ ނަމްބަރު ފޯނާއެވެ.
"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ޝަރަފުވެރިކަމުގެ އިނާމު
- ހިތްވަރުދިނުމުގެ އިނާމު
- ކައުންސިލުންދޭ ޚާއްޞަ އިނާމު
- މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
- ޚާއްޞަ ޚިދުމަތުގެ އިނާމު
- ހިންގުންތެރިކަމުގެ އިނާމު
19 މުޙައްރަމް 1441
18 ސެޕްޓެންބަރު 2019