ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ އިއުލާން ނަންބަރު (IUL)101/2019/4 (18 ޖުލައި 2019) އަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
- 01 އޮފީސް އެސިސްޓަންޓް
1. ވަޒީފާގެ މަސްއޫލިއްޔަތު
- މަސައްކަތު ކޮންމެ ދުވަހަކު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ބީސީސީ ގެ އޮފީސް ކުނިކަހައި ފޮޅައި ސާފުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން.
- މަސައްކަތުގެ ކޮންމެ ދުވަހަކު އޮފީހު ފާހާނާތައް ހަފްތާއަކު ތިން ފަހަރު ރީތިކޮށް ދޮވެ ސާފުކުރުން.
- ކަނޑައެޅޭ ހަފުތާގައި އެސްޑީއެފްސީ އަދި ބީސީސީގައި ބާއްވާ އެކިއެކި މީޓިންގތަކަށް ކޮފީތައްޔާރުމާއި މީޓިންގ ނިމުމުން ކޮފީތަށިތައް ނެރެ ވަގުތުން މީޓިންގ ރޫމް ސާފުކުރުން.
- އެސްޑީއެފްސީ އަދި ބީސީސީއިން ފޮނުވާ ސިޓީ ފަދަ ލިޔުކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
- ހަފްތާއަކު 2 ދުވަހު (އެސްޑީއެފްސީ އަދި ބީސީސީ) ގެ ބިއްލޫރި ދޮރިފަތްތަކާއި، އިލެކްޓްރިކަލް ފިޓިންގްސް، ކުޑަދޮރުތައް އަދި ޕާޓިޝަންތަކުގެ ހިރަފުސް ފޮޅާ ގްލާސް ކްލީނަރ ޖަހައިގެން ދެފަރާތުން ފޮހެ ސާފުކުރުން.
- އެސްޑީއެފްސީ އަދި ބީސީސީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.
2. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ
- ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން ސާބިތުކޮށްދިނުން.
- މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
3. މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް
- ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން
4. މުސާރަ އަދި އެހެނިހެން އިނާޔަތްތައް
- -/8000 ރުފިޔާ (ޕެންޝަން ހިމަނައިގެން)
5. މަސައްކަތްކުރަން ޖެހޭ ވަގުތު
- ރަސްމީގަޑި
6. މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
މެދުޒިޔާރަތް މަގު
ފޯނު: 3305555 (960)+
އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
08 އޯގަސްޓް 2019