ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/2019/13
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 25 އޮގަސްޓް 2019 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން

މި ކުންފުނީގެ އިއުލާން ނަންބަރު (IUL)101/2019/4 (18 ޖުލައި 2019) އަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

-       01 އޮފީސް އެސިސްޓަންޓް

 1.     ވަޒީފާގެ މަސްއޫލިއްޔަތު

  • މަސައްކަތު ކޮންމެ ދުވަހަކު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ބީސީސީ ގެ އޮފީސް ކުނިކަހައި ފޮޅައި ސާފުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން.
  • މަސައްކަތުގެ ކޮންމެ ދުވަހަކު އޮފީހު ފާހާނާތައް ހަފްތާއަކު ތިން ފަހަރު ރީތިކޮށް ދޮވެ ސާފުކުރުން.
  • ކަނޑައެޅޭ ހަފުތާގައި އެސްޑީއެފްސީ އަދި ބީސީސީގައި ބާއްވާ އެކިއެކި މީޓިންގތަކަށް ކޮފީތައްޔާރުމާއި މީޓިންގ ނިމުމުން ކޮފީތަށިތައް ނެރެ ވަގުތުން މީޓިންގ ރޫމް ސާފުކުރުން.
  • އެސްޑީއެފްސީ އަދި ބީސީސީއިން ފޮނުވާ ސިޓީ ފަދަ ލިޔުކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • ހަފްތާއަކު 2 ދުވަހު (އެސްޑީއެފްސީ އަދި ބީސީސީ) ގެ ބިއްލޫރި ދޮރިފަތްތަކާއި، އިލެކްޓްރިކަލް ފިޓިންގްސް، ކުޑަދޮރުތައް އަދި ޕާޓިޝަންތަކުގެ ހިރަފުސް ފޮޅާ ގްލާސް ކްލީނަރ ޖަހައިގެން ދެފަރާތުން ފޮހެ ސާފުކުރުން.
  • އެސްޑީއެފްސީ އަދި ބީސީސީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

2.     ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ

  • ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން ސާބިތުކޮށްދިނުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

3.     މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން

4.     މުސާރަ އަދި އެހެނިހެން އިނާޔަތްތައް

  • -/8000 ރުފިޔާ (ޕެންޝަން ހިމަނައިގެން)

5.     މަސައްކަތްކުރަން ޖެހޭ ވަގުތު

  • ރަސްމީގަޑި

6.     މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މެދުޒިޔާރަތް މަގު

ފޯނު: 3305555 (960)+                           

އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏ 08 އޯގަސްޓް 2019

08 އޮގަސްޓް 2019