ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2019/018
އިއުލާން
2019 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 1 ސެޕްޓެމްބަރ 2019 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ ރަށުކައުންސިލްއިން ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ، ޓީމްތަކުން 18 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ތިރީގައި މިދަންނަވާ އީމެއިލް އަށް ފޮނުއްވުމަށް ދަންނަވަމެވެ. މިލިޔުމުގައި، ފުޓްބޯޅަޓީމުގެ ކަންތައްތަކުގައި މި އެސޯސިއޭޝަނުން ގުޅާނޭ ފަރާތެއްގެ ނަމާއި، މަގާމް އަދި ފޯން ނަންބަރު އެގެންއޮންނަންވާނެއެވެ.
މުބާރާތް ކުޅޭނެ ގޮތް:
1- އަތޮޅަކުން 2 ޓީމަށް ވުރެއް ގިނަ ޓީމް ބައިވެރިވާނަމަ، އެއަތޮޅު މުބާރާތުގެ މެޗްތަށް ކުޅޭނީ އެއަތޮޅެއްގެ ހޯސްޓު ކުރާ ރަށެއްގައެވެ. 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
2- އެއަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވެލައްވާ ރަށްތަކުން އެކަމަށް އެދި މިއިޢުލާންއާއި އެކު އެވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ޕްރޮޕޯސަލްއާއި އެކު 22 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަންނަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
3- ޒޯން މުބާރާތުގެ މެޗްތަށް ކުޅޭނީ 2 ޓީމަށް ވުރެއް ގިނަ ޓީމް ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށެވެ. އަދި 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
އީމެއިލް ކުރަށްވާނީ: [email protected]
މުބާރާތުގައި ޓީމްތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޙް ޢިއުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
25 ޖުލައި 2019