މުބާރާތް
ނަންބަރު: FAM/IUL/2019/0018
ޕަބްލިޝްކުރި ތާރީޚް: 26 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 22:30
ސުންގަޑި: 18 އޮގަސްޓް 2019 15:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އިއުލާން ކުރުން

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                                                    ނަންބަރު:FAM/IUL/2019/018  

އިއުލާން

                  2019 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 1  ސެޕްޓެމްބަރ 2019 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

              މި މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ ރަށުކައުންސިލްއިން ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ، ޓީމްތަކުން 18 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ތިރީގައި މިދަންނަވާ އީމެއިލް އަށް ފޮނުއްވުމަށް ދަންނަވަމެވެ. މިލިޔުމުގައި، ފުޓްބޯޅަޓީމުގެ ކަންތައްތަކުގައި މި އެސޯސިއޭޝަނުން ގުޅާނޭ ފަރާތެއްގެ ނަމާއި، މަގާމް އަދި ފޯން ނަންބަރު އެގެންއޮންނަންވާނެއެވެ.

މުބާރާތް ކުޅޭނެ ގޮތް:

1- އަތޮޅަކުން 2 ޓީމަށް ވުރެއް ގިނަ ޓީމް ބައިވެރިވާނަމަ، އެއަތޮޅު މުބާރާތުގެ މެޗްތަށް ކުޅޭނީ އެއަތޮޅެއްގެ ހޯސްޓު ކުރާ ރަށެއްގައެވެ. 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.  

2- އެއަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވެލައްވާ ރަށްތަކުން އެކަމަށް އެދި މިއިޢުލާންއާއި އެކު އެވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ޕްރޮޕޯސަލްއާއި އެކު 22 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަންނަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

3- ޒޯން މުބާރާތުގެ މެޗްތަށް ކުޅޭނީ 2 ޓީމަށް ވުރެއް ގިނަ ޓީމް ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށެވެ. އަދި 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ. 

އީމެއިލް ކުރަށްވާނީ: [email protected]

              މުބާރާތުގައި ޓީމްތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޙް ޢިއުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

              25 ޖުލައި 2019     

26 ޖުލައި 2019