ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޕިކަޕް ނީލަމުގައި ވިއްކާލުން

ހިންނަވަރުގައި ކުނި ނައްތާލުމާއިބެހޭ މަޝްރޫޢަށް 2007 ވަނަ އަހަރު ގެނެވުނު ޕިކަޕް، ސިޓީ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

 

ޕިކަޕާއި ބެހޭ މަޢުލޫމާތު

މޮޑެލް ނަންބަރު: TOYOTA-T-YY52-MDGTJ

ރަޖިސްޓްރީ ނަންބަރ: C1A1609

އުފުލޭ ބަރުދަން:1500kg

ހަކަތައިގެ ބާވަތް:PETROL

ޕިކަޕް ނީލަން ފެށޭ އަގަކީ 25,000.00 (ފަންސަވީސް ހާސް) ރުފިޔާ އެވެ. ނީލަމުގައި މަދުވެގެން އިތުރުކުރެވޭނީ    -/1500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ.

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 13:00ގެ ފަހުން މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 30 ޖުލައި 2019ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ވެސް 12:00ގެ ކުރިން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި (ރަސްމީ ބަންދު ދުވަސް ފިޔަވައި) ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

އީ- މެއިލްގެ ޛަރިއްޔާއިން ވެސް ނީލަން ސިޓީ ހުށަހެޅިދާނެއެވެ.

އީމެއިލް އެޑްރެސް: [email protected] ނުވަތަ[email protected]v

ޕިކަޕް ބަލަންބޭނުންވާ ފަރާތްތަކުން، ނީލަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި، ކޮންމެ ދުވަހެއްގެވެސް 09:00ން 12:00ށް ކައުންސިލްގެ އިދާރާއަށް ދުރުވުމުން، ޕިކަޕް ބެލޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންނަމަ، މިއިދާރަގެ 6620301 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޤައިދާ1440

17 ޖުލައި 2019

17 ޖުލައި 2019
ހޯދާ