ދިވެހިރާއްޖެ
ހިންނަވަރުގައި ކުނި ނައްތާލުމާއިބެހޭ މަޝްރޫޢަށް 2007 ވަނަ އަހަރު ގެނެވުނު ޕިކަޕް، ސިޓީ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.
ޕިކަޕާއި ބެހޭ މަޢުލޫމާތު
މޮޑެލް ނަންބަރު: TOYOTA-T-YY52-MDGTJ
ރަޖިސްޓްރީ ނަންބަރ: C1A1609
އުފުލޭ ބަރުދަން:1500kg
ހަކަތައިގެ ބާވަތް:PETROL
ޕިކަޕް ނީލަން ފެށޭ އަގަކީ 25,000.00 (ފަންސަވީސް ހާސް) ރުފިޔާ އެވެ. ނީލަމުގައި މަދުވެގެން އިތުރުކުރެވޭނީ -/1500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ.
ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 13:00ގެ ފަހުން މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 30 ޖުލައި 2019ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ވެސް 12:00ގެ ކުރިން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި (ރަސްމީ ބަންދު ދުވަސް ފިޔަވައި) ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
އީ- މެއިލްގެ ޛަރިއްޔާއިން ވެސް ނީލަން ސިޓީ ހުށަހެޅިދާނެއެވެ.
އީމެއިލް އެޑްރެސް: [email protected] ނުވަތަ[email protected]v
ޕިކަޕް ބަލަންބޭނުންވާ ފަރާތްތަކުން، ނީލަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި، ކޮންމެ ދުވަހެއްގެވެސް 09:00ން 12:00ށް ކައުންސިލްގެ އިދާރާއަށް ދުރުވުމުން، ޕިކަޕް ބެލޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންނަމަ، މިއިދާރަގެ 6620301 ފޯނަށް ގުޅުއްވުން އެދެމެވެ.
14 ޛުލްޤައިދާ1440
17 ޖުލައި 2019