ދިވެހިރާއްޖެ
ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް (3 ވަނަ އިޢުލާނު)
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް މާލެއިން، 3 ކޮޓަރީގެ 2 އެޕާރޓްމަންޓް (އެޕާޓްމަންޓެއްގައި 800 އަކަފޫޓަށްވުރެ ކުޑަ ނޫން) ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2019/042) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331453 ނުވަތަ 3331456 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.