ކުއްޔަށް ހިފުން
ނަންބަރު: FSM-ADV-2019/043
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 23 ޖުލައި 2019 10:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް (3 ވަނަ އިޢުލާނު)

ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް (3 ވަނަ އިޢުލާނު)

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް މާލެއިން،  3 ކޮޓަރީގެ 2 އެޕާރޓްމަންޓް (އެޕާޓްމަންޓެއްގައި 800 އަކަފޫޓަށްވުރެ ކުޑަ ނޫން) ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2019/042) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331453 ނުވަތަ 3331456 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

17 ޖުލައި 2019