ދިވެހިރާއްޖެ
ނަންބަރު:(IUL)203-PROREC/1/2019/7
އިޢުލާން
ސައުތު އަރި މެރިންޕާކްގައި ހަރަކާތްތެރިވާ އުޅަނދުފަހަރު އީ.ޕީ.އޭގައި ރަޖިސްޓްރީކުރުން
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު4/93)ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި އިއްލާން ނަންބަރު 138-EE/2009/19އިން ޙިމާޔަތްކުރެވިފައިވާ ސައުތު އަރި މެރިންޕާކް މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މިސަރަޙައްދު ބަލަހައްޓާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިއެޖެންސީން ދަނީ ކުރަމުންނެެވެ. މިގޮތުން މިސަރަޙައްދުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރު އެސަރަޙައްދަށް ވަދެ ނުކުތުމުގައި ވަކި ޢުސޫލުތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. 1 ޖަނަވަރީ 2020 އަށް ފަހު މިސަރަޙައްދަށް ވަދެވޭނީ މި އެޖެންސީގައި ރަޖިސްޓަރކޮށް، އެސަރަޙައްދަށް ވަނުމަށް ހުއްދަދޫކުރެވިފައިވާ އުޅަނދު ފަހަރަށެވެ. މިގޮތުން މިއަދުން ފެށިގެން މިސަރަޙައްދަށް ވަންނަ އުޅަނދު ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ. 1 ޖަނަވަރީ 2020 ގެ ފަހުން ރަޖިސްޓަރ ކުރާ ކަމުގައިވާނަމަ އެޑްމިނިސްޓަރޭޓިވް ފީއެއްގެ ގޮތުގައި 100/- (އެއްސަތޭކަ) ރުފިޔާ ނެގޭނެއެވެ.
މިސަރަޙައްދަށް ވަނުމަށް ރަޖިސްޓަރ ކުރުމަށް އެދި ހުށަހަޅާ އުޅަނދުގައި ހުނަންޖެހޭ ޝަރުތުތައް:
- 10 ފޫޓާއި 80 ފޫޓާއި ދެމެދު އުޅަނދަކަށްވުން
- ދަތުރުފަތުރު ކުރުމާބެހޭ ޤާނޫނާއި ޤަވާއިދުތަކުގައި ލާޒިމްކުރާ ހުއްދަތަކާއި ސެޓްފިކެޓްތައް ހުރުން
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް
- މި ފޯމްގައި ހުށަހެޅުމަށް ޝަރުޠުކުރާ ލިޔެކިޔުންތައް
އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ލިބެން ހުންނާނެ ތަން:
- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓް http://www.epa.gov.mv/ އަދި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ގްރީން ބިލްޑިންގް 3 ވަނަ ފަންގިފިލާ، ހަނދުވަރީ ހިނގުން، މާލެ.
ހުށަހަޅަންޖެހޭ އޮފީސް:
- އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، ގްރީން ބިލްޑިންގް 3 ވަނަ ފަންގިފިލާ، ހަނދުވަރީ ހިނގުން، މާލެ.
- އޮންލައިންކޮށް ހުށަހަޅާނަމަ، [email protected] އަށް އީމެއިލްއިން ފޮނުއްވުމަށް އެދެމެވެ.
- އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
- ކޮޕީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން ހުށަހަޅުއްވާނަމަ، ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
އިތުރު މަޢުލޫމާތު:
- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފޯނު 3335949 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލްކުރައްވައިގެން ހޯއްދެވުން އެދެމެވެ.
ވީމާ، ސައުތު އަރި މެރިންޕާކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން އުޅަނދުފަހަރު އީޕީއޭގައި ރަޖިސްޓަރކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެދި ދެންނެވީމެވެ.
08 ޛުލްޤަޢިދާ 1440
11 ޖުލައި 2019