ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-PROREC/1/2019/7
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:01
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސައުތު އަރި މެރިންޕާކްގައި ހަރަކާތްތެރިވާ އުޅަނދުފަހަރު އީ.ޕީ.އޭގައި ރަޖިސްޓްރީކުރުން

                  ނަންބަރު:(IUL)203-PROREC/1/2019/7

 

އިޢުލާން

ސައުތު އަރި މެރިންޕާކްގައި ހަރަކާތްތެރިވާ އުޅަނދުފަހަރު އީ.ޕީ.އޭގައި ރަޖިސްޓްރީކުރުން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު4/93)ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި އިއްލާން ނަންބަރު  138-EE/2009/19އިން ޙިމާޔަތްކުރެވިފައިވާ ސައުތު އަރި މެރިންޕާކް މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މިސަރަޙައްދު ބަލަހައްޓާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިއެޖެންސީން ދަނީ ކުރަމުންނެެވެ. މިގޮތުން މިސަރަޙައްދުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރު އެސަރަޙައްދަށް ވަދެ ނުކުތުމުގައި ވަކި ޢުސޫލުތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. 1 ޖަނަވަރީ 2020 އަށް ފަހު މިސަރަޙައްދަށް ވަދެވޭނީ މި އެޖެންސީގައި ރަޖިސްޓަރކޮށް، އެސަރަޙައްދަށް ވަނުމަށް ހުއްދަދޫކުރެވިފައިވާ އުޅަނދު ފަހަރަށެވެ. މިގޮތުން މިއަދުން ފެށިގެން މިސަރަޙައްދަށް ވަންނަ އުޅަނދު ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ. 1 ޖަނަވަރީ 2020 ގެ ފަހުން ރަޖިސްޓަރ ކުރާ ކަމުގައިވާނަމަ އެޑްމިނިސްޓަރޭޓިވް ފީއެއްގެ ގޮތުގައި 100/- (އެއްސަތޭކަ) ރުފިޔާ ނެގޭނެއެވެ.   

މިސަރަޙައްދަށް ވަނުމަށް ރަޖިސްޓަރ ކުރުމަށް އެދި ހުށަހަޅާ އުޅަނދުގައި ހުނަންޖެހޭ ޝަރުތުތައް:

  • 10 ފޫޓާއި 80 ފޫޓާއި ދެމެދު އުޅަނދަކަށްވުން
  • ދަތުރުފަތުރު ކުރުމާބެހޭ ޤާނޫނާއި ޤަވާއިދުތަކުގައި ލާޒިމްކުރާ ހުއްދަތަކާއި ސެޓްފިކެޓްތައް ހުރުން

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް
  • މި ފޯމްގައި ހުށަހެޅުމަށް ޝަރުޠުކުރާ ލިޔެކިޔުންތައް

އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ލިބެން ހުންނާނެ ތަން:

  • އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓް http://www.epa.gov.mv/  އަދި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ގްރީން ބިލްޑިންގް 3 ވަނަ ފަންގިފިލާ، ހަނދުވަރީ ހިނގުން، މާލެ.

ހުށަހަޅަންޖެހޭ އޮފީސް:

  • އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، ގްރީން ބިލްޑިންގް 3 ވަނަ ފަންގިފިލާ، ހަނދުވަރީ ހިނގުން، މާލެ.
  • އޮންލައިންކޮށް ހުށަހަޅާނަމަ، [email protected]  އަށް އީމެއިލްއިން ފޮނުއްވުމަށް އެދެމެވެ.
  • އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
  • ކޮޕީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން ހުށަހަޅުއްވާނަމަ، ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފޯނު 3335949 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލްކުރައްވައިގެން ހޯއްދެވުން އެދެމެވެ.

ވީމާ، ސައުތު އަރި މެރިންޕާކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން އުޅަނދުފަހަރު އީޕީއޭގައި ރަޖިސްޓަރކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެދި ދެންނެވީމެވެ.

08 ޛުލްޤަޢިދާ 1440

11 ޖުލައި 2019

11 ޖުލައި 2019