އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 އެރޯމާގޯތީ ހުޅަނގު އިމުކައިރީގައި ހުރި 3 ރުކުގެ ވެރިފަރާތެއް ވޭތޯބެލުން.

އިޢުލާން

 

އެރޯމާގޯތީ ހުޅަނގު އިމުކައިރީގައި ހުރި 3 ރުކުގެ ވެރިފަރާތެއް ވޭތޯބެލުން.

 

މިރަށު އަސަރީގޭ މުޙައްމަދު ރަމީޒަށް ނަގާދީފައިވާ "އެރޯމާގޭ"ގެ ހުޅަނގު އިމުކައރީގައި ނޫކުލައިގެ ދަވާދުންނަމްބަރ    

ޖަހާފައި ހުރި 3ރުއް އެތަނުން ނެގުމަށް ވަނީ ބޭނުންވެފައެވެ. 

ވީމާ، މިރުއްރުކުގެ ވެރިފަރާތުން ރުއްރުކާބެހޭ ތިރީގައި  މިދަންނަވާ މަޢުލޫމާތު  އިނގޭނޭ  ލިޔުމެއް 9 ޖުލައި 2019  

(އާދިއްތަ) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް
  2. ރުކުގެ ތަރުތީބު ނަމްބަރ
  3. ކޯޑްނަމްބަރ
  4. ރުކުގައި މިހާރު ނޫކުލައިގެ ދަވާދުން ޖަހާފައިވާނަމްބަރ

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނު ކުރީމެވެ.                

01 ޖުލައި 2019
ހޯދާ