ޢާންމު މަޢުލޫމާތު
ނަންބަރު: 28/2019/345/345(IUL)
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
09 ޖުލައި 2019 02:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެރޯމާގޯތީ ހުޅަނގު އިމުކައިރީގައި ހުރި 3 ރުކުގެ ވެރިފަރާތެއް ވޭތޯބެލުން.
އިޢުލާން
އެރޯމާގޯތީ ހުޅަނގު އިމުކައިރީގައި ހުރި 3 ރުކުގެ ވެރިފަރާތެއް ވޭތޯބެލުން.
މިރަށު އަސަރީގޭ މުޙައްމަދު ރަމީޒަށް ނަގާދީފައިވާ "އެރޯމާގޭ"ގެ ހުޅަނގު އިމުކައރީގައި ނޫކުލައިގެ ދަވާދުންނަމްބަރ
ޖަހާފައި ހުރި 3ރުއް އެތަނުން ނެގުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިރުއްރުކުގެ ވެރިފަރާތުން ރުއްރުކާބެހޭ ތިރީގައި މިދަންނަވާ މަޢުލޫމާތު އިނގޭނޭ ލިޔުމެއް 9 ޖުލައި 2019
(އާދިއްތަ) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް
- ރުކުގެ ތަރުތީބު ނަމްބަރ
- ކޯޑްނަމްބަރ
- ރުކުގައި މިހާރު ނޫކުލައިގެ ދަވާދުން ޖަހާފައިވާނަމްބަރ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނު ކުރީމެވެ.
01 ޖުލައި 2019