ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާރނެއް ހޯދުން

އިންޓާރނެއް ހޯދުން:

 

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ބޭނުންވެއެވެ.

 

މައިގަޑު މަސައްކަތް:

  • ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ ގުޅިގެން އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ބިއުރޯގެ 2019 ވަނަ އަހަރުގެ ވާރކްޕްލޭންގައި ހިމަނާފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޝަރުތު:

  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 7 (ބެޗްލަރސް ޑިގްރީ)ގެ ސަނަދެއް ޤާނޫނީ ދާއިރާއިން ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ހަފްތާ އަކު މަދުވެގެން 20 ގަޑިއިރު.

މުއްދަތު:

  • 1 މަސް 

އެލަވަންސް:

  • މަސައްކަތު ތަޖުރިބާއާ ނުލައި ގަޑިއަކަށް 35ރ.
  • މަސައްކަތު ތަޖުރިބާއާއެކު ގަޑިއަކަށް 40ރ.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  3. ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 04 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv                                 

      ފޭސްބުކް:www.facebook.com/fpa.maldives  

 

--------------

22 ޝައްވާލް 1440

25   ޖޫން   2019

25 ޖޫން 2019
ހޯދާ