ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2019/27
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި:
04 ޖުލައި 2019 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާރނެއް ހޯދުން:
މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ބޭނުންވެއެވެ.
މައިގަޑު މަސައްކަތް:
|
- ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ ގުޅިގެން އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ބިއުރޯގެ 2019 ވަނަ އަހަރުގެ ވާރކްޕްލޭންގައި ހިމަނާފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ޝަރުތު:
|
- ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 7 (ބެޗްލަރސް ޑިގްރީ)ގެ ސަނަދެއް ޤާނޫނީ ދާއިރާއިން ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
- ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
- 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ހަފްތާ އަކު މަދުވެގެން 20 ގަޑިއިރު.
|
މުއްދަތު:
|
|
އެލަވަންސް:
|
- މަސައްކަތު ތަޖުރިބާއާ ނުލައި ގަޑިއަކަށް 35ރ.
- މަސައްކަތު ތަޖުރިބާއާއެކު ގަޑިއަކަށް 40ރ.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަނަވަރު (ކަރިކިއުލަމް ވީޓާ).
|
ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 04 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
ވެބްސައިޓް: www.fpa.gov.mv
ފޭސްބުކް:www.facebook.com/fpa.maldives
--------------
22 ޝައްވާލް 1440
25 ޖޫން 2019