ދިވެހިރާއްޖެ
ޢިއުލާން
ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރޭގައި ހިމެނޭ ބައެއް އައިޓަމް ތަކަކީ ތަފާތު ޗެޕްޓަރ ތަކަށް، ތަފާތު ޑިއުޓީ ރޭޓުގައި ގިންތި ކުރެވޭ އައިޓަމްތަކަކަށްވާތީ، މިފަދަ އައިޓަމްތައް ގިންތި ކުރުމުގައި އޮޅުން އަރަމުންދާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ގާނޫނު ނަންބަރު 79 /31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ގޮތަށް ކަސްޓަމްސް ގާނޫނު ގެ 62 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މިދަންނަވާ އައިޓަމްތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު އަދި ގިންތިކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ. އަދި މި ތަފުސީލު ކަސްޓަމްސްގެ ވެބްސައިޓް "www.customs.gov.mv" ގައި ޝާއިޢުކޮށްފައި ވާނެއެވެ.
ސޮފްޓް ޑްރިންކްސް
ސޮފްޓް ޑްރިންކްސްގެ ގޮތުގައި ބަލާނީ އެ ބުއިމެއް ތައްޔާރުކުރާއިރު ކާބަންޑައި އޮކްސައިޑް ގޭސް ނުވަތަ ކާބޮނިކް އެސިޑް ނުވަތަ ކާބަނޭޓަޑް ވޯޓަރ އަޅާފައި ހުންނަ ބުއިންތަކެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
SOFT DRINK (COCA COLA) |
2202101010 |
15% |
LTR |
SOFT DRINK (FANTA) |
2202101011 |
15% |
LTR |
SOFT DRINK (SPRITE) |
2202101012 |
15% |
LTR |
SOFT DRINK (ENERGY DRINK) |
2202101014 |
15% |
LTR |
SOFT DRINK (NOT SPECIFIED) |
2202101099 |
15% |
LTR |
ލުބްރިކޭޓިން އޮއިލް
ލުބްރިކޭޓިންގ އޮއިލްގެ ބަރުދަނުގައި %70 ނުވަތަ އެއަށް ވުރެ ގިނަ ޢަދަދަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
LUBRICATING OIL (CONTAINING 70% OR MORE PETROLEUM OIL BY WEIGHT) |
2710190016 |
% 0 |
LTR |
ލުބްރިކޭޓިންގ އޮއިލްގެ ބަރުދަނުގައި %70 އަށްވުރެ މަދުން ނުވަތަ އެއްވެސް ވަރަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
LUBRICATING OIL (NOT CONTAINING OR CONTAINING LESS THAN 70% OF PETROLEUM OIL BY WEIGHT) |
3403190000 |
% 0 |
LTR |
ހައިޑްރޯލިކް ބްރޭކް ފުލުއިޑް
ހައިޑްރޯލިކް ބްރޭކް ފުލުއިޑް %70 ނުވަތަ އެއަށް ވުރެ ގިނަ ޢަދަދަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
HYDRAULIC BREAK FLUID (CONTAINING 70% OR MORE PETROLEUM OIL) |
2710190023 |
% 0 |
LTR |
ހައިޑްރޯލިކް ބްރޭކް ފުލުއިޑް %70 ނުވަތަ އެއަށް ވުރެ މަދުން ނުވަތަ އެއްވެސް ވަރަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
HYDRAULIC BREAK FLUID AND OTHER PREPARED LIQUIDS FOR HYDRAULIC TRANSMISSION, NOT CONTAINING OR CONTAINING LESS THAN 70% BY WEIGHT OF PETROLEUM OIL |
3819000000 |
10% |
LTR |
ސިލިކޯން ސީލަންޓް އަދި ސިލިކޯން ގުލޫ
ސިލިކޯން ސީލަންޓް ބޭނުންކުރެވެނީ ތަންތަން ބެއްދުމަށާއި ސީލް ކުރުން ، ބޮންޑުކުރުން ނުވަރަ ވޯޓަރ ޕްރޫފް ކުރުމަށް ބޭނުން ކުރާ ނަމަ ކްލެސިފައި ކުރެވޭނީ ސިލިކޯން ސީލަންޓުގެ ގޮތުގައެވެ. އަދި މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
SILICON SEALANT |
3214900015 |
% 0 |
KGS |
ސިލިކޯން ގްލޫ ބޭނުން ކުރެވެނީ އެއްޗިހި ތަތްކުރަން ކަމުގައިވާނަމަ ކްލެސިފައި ކުރެވޭނީ ސިލިކޮން ގްލޫ ގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
SILCON (GLUE), NOT EXCEEDING 1 KG |
3506109010 |
25% |
KG |
ވޯޓަރ ހީޓަރ
ވޯޓަރ ހީޓަރގެ ކެޕޭސިޓީ 200 ލީޓަރަށްވުރެ ކުޑަނަމަ ކްލެސިފައި ކުރެވޭނީ ޑޮމެސްޓިކް އެއްޗެއްގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
WATER HEATER FOR STORAGE (DOMESTIC) LESS THAN 200 LTR |
8516101011 |
0% |
NOS |
ވޯޓަރ ހީޓަރގެ ކެޕޭސިޓީ 200 ލީޓަރަށްވުރެ އިތުރުވާނަމަ ކްލެސިފައި ކުރެވޭނީ އިންޑަސްޓްރިއަލް އެއްޗެއްގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
WATER HEATER FOR STORAGE (DOMESTIC) MORE THAN 200 LTR |
8516109010 |
20% |
NOS |
ވީމާ، މީގެފަހުން ރާއްޖެއަށް އިމްޕޯޓްކުރާ މިފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ނެގުމަށް ހުށަހަޅުއްވާ ޑިކްލަރޭޝަންތަކުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެއްވުމަށް ދެންނެވީމެވެ.
13 ރަބީޢުލްއާޚިރު 1435