ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-D5/1/2014/6
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 09:37
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެތެރޭގައި ހިމެނޭ ބައެއް އައިޓަމްތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު އަދި ގިންތިކުރެވޭނެ ގޮތުގެ ތަފުސީލު

ޢިއުލާން

               ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރޭގައި ހިމެނޭ ބައެއް އައިޓަމް ތަކަކީ  ތަފާތު ޗެޕްޓަރ ތަކަށް، ތަފާތު ޑިއުޓީ ރޭޓުގައި ގިންތި ކުރެވޭ އައިޓަމްތަކަކަށްވާތީ، މިފަދަ އައިޓަމްތައް ގިންތި ކުރުމުގައި އޮޅުން އަރަމުންދާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ގާނޫނު ނަންބަރު 79 /31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ގޮތަށް ކަސްޓަމްސް ގާނޫނު ގެ 62 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މިދަންނަވާ އައިޓަމްތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު އަދި ގިންތިކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ. އަދި މި ތަފުސީލު ކަސްޓަމްސްގެ ވެބްސައިޓް "www.customs.gov.mv" ގައި ޝާއިޢުކޮށްފައި ވާނެއެވެ.

ސޮފްޓް ޑްރިންކްސް

             ސޮފްޓް ޑްރިންކްސްގެ ގޮތުގައި ބަލާނީ އެ ބުއިމެއް ތައްޔާރުކުރާއިރު ކާބަންޑައި އޮކްސައިޑް ގޭސް ނުވަތަ ކާބޮނިކް އެސިޑް ނުވަތަ ކާބަނޭޓަޑް ވޯޓަރ އަޅާފައި ހުންނަ ބުއިންތަކެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

SOFT DRINK (COCA COLA)

2202101010

15%

LTR

SOFT DRINK (FANTA)

2202101011

15%

LTR

SOFT DRINK (SPRITE)

2202101012

15%

LTR

SOFT DRINK (ENERGY DRINK)

2202101014

15%

LTR

SOFT DRINK (NOT SPECIFIED)

2202101099

15%

LTR

ލުބްރިކޭޓިން އޮއިލް

            ލުބްރިކޭޓިންގ އޮއިލްގެ ބަރުދަނުގައި %70 ނުވަތަ އެއަށް ވުރެ ގިނަ ޢަދަދަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

LUBRICATING OIL (CONTAINING 70% OR MORE PETROLEUM OIL  BY WEIGHT)

2710190016

% 0

LTR

          ލުބްރިކޭޓިންގ އޮއިލްގެ ބަރުދަނުގައި %70 އަށްވުރެ މަދުން  ނުވަތަ އެއްވެސް ވަރަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

LUBRICATING OIL (NOT CONTAINING OR CONTAINING LESS THAN 70% OF PETROLEUM  OIL BY WEIGHT)

3403190000

% 0

LTR

ހައިޑްރޯލިކް ބްރޭކް ފުލުއިޑް

        ހައިޑްރޯލިކް ބްރޭކް ފުލުއިޑް %70 ނުވަތަ އެއަށް ވުރެ ގިނަ ޢަދަދަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

HYDRAULIC BREAK FLUID (CONTAINING 70% OR MORE  PETROLEUM OIL)

2710190023

% 0

LTR

          ހައިޑްރޯލިކް ބްރޭކް ފުލުއިޑް %70 ނުވަތަ އެއަށް ވުރެ މަދުން ނުވަތަ އެއްވެސް  ވަރަކަށް ޕެޓްރޯލިއަމް އޮއިލް ނުވަތަ ބިޓުމިނަސް މިނެރަލްއިން ނަގާފައިވާ އޮއިލް ހިމެނޭ ނަމަ ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

HYDRAULIC BREAK FLUID AND OTHER PREPARED LIQUIDS FOR   HYDRAULIC TRANSMISSION, NOT CONTAINING OR CONTAINING  LESS THAN 70% BY WEIGHT OF PETROLEUM OIL

3819000000

  10%

LTR

ސިލިކޯން ސީލަންޓް އަދި ސިލިކޯން ގުލޫ

          ސިލިކޯން ސީލަންޓް ބޭނުންކުރެވެނީ ތަންތަން ބެއްދުމަށާއި ސީލް ކުރުން ، ބޮންޑުކުރުން ނުވަރަ ވޯޓަރ ޕްރޫފް ކުރުމަށް ބޭނުން ކުރާ ނަމަ ކްލެސިފައި ކުރެވޭނީ ސިލިކޯން ސީލަންޓުގެ ގޮތުގައެވެ. އަދި މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

SILICON SEALANT

3214900015

% 0

KGS

          ސިލިކޯން ގްލޫ ބޭނުން ކުރެވެނީ އެއްޗިހި ތަތްކުރަން ކަމުގައިވާނަމަ ކްލެސިފައި ކުރެވޭނީ ސިލިކޮން ގްލޫ ގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

SILCON (GLUE), NOT  EXCEEDING 1 KG

3506109010

25%

KG

ވޯޓަރ ހީޓަރ

         ވޯޓަރ ހީޓަރގެ ކެޕޭސިޓީ 200 ލީޓަރަށްވުރެ ކުޑަނަމަ ކްލެސިފައި ކުރެވޭނީ ޑޮމެސްޓިކް އެއްޗެއްގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

WATER HEATER FOR  STORAGE (DOMESTIC) LESS THAN 200 LTR

8516101011

0%

NOS

         ވޯޓަރ ހީޓަރގެ ކެޕޭސިޓީ 200 ލީޓަރަށްވުރެ އިތުރުވާނަމަ ކްލެސިފައި ކުރެވޭނީ އިންޑަސްޓްރިއަލް އެއްޗެއްގެ ގޮތުގައެވެ. މިފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

WATER HEATER FOR STORAGE   (DOMESTIC) MORE THAN 200 LTR

8516109010

20%

NOS

          ވީމާ، މީގެފަހުން ރާއްޖެއަށް އިމްޕޯޓްކުރާ މިފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ނެގުމަށް ހުށަހަޅުއްވާ ޑިކްލަރޭޝަންތަކުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެއްވުމަށް ދެންނެވީމެވެ.

               13 ރަބީޢުލްއާޚިރު 1435

13 ފެބުރުވަރީ 2014