ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

                                      ފޮނަދޫގެ އިޖުތިމާޢީ ސަރަހައްދުތަކާއި ބައެއް މަގުތައް 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.

                      ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު

ސަރަހައްދު

ބޮޑުމިން (އަކަފޫޓް)

ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)

ސިރާޖުއްދީންމަގު ދެކުނުކޮޅު - ހައުސިން ޔުނިޓްތަކުގެ ދެކުނު

40,860

2,000.00

ކަތިމަގު

48,750

2,500.00

ސިރާޖުއްދީންމަގު އުތުރުކޮޅު - ހައުސިން ޔުނިޓްތަކުގެ އުތުރު

140,000

3,000.00

ތަށަވަތްމަގު – ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު

22,140

1,000.00

ކުރިގަމު ކުޅޭބިން (ބޯޅަދަނޑާއެކު)

185,386

4,000.00

މެދުއަވަށު ބޯޅަދަނޑު

101,838

3,000.00

މެދުއަވަށު ކުޅޭބިން

149,848

3,000.00

ބަރާސިލް ކުޅޭބިން (ބޯޅަދަނޑާއެކު)

292,368

5,000.00

 

                   ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 03 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.        

                     އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

27 މޭ 2019
ހޯދާ