ދިވެހިރާއްޖެ
މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ފޮނަދޫގެ އިޖުތިމާޢީ ސަރަހައްދުތަކާއި ބައެއް މަގުތައް 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.
ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު |
||
ސަރަހައްދު |
ބޮޑުމިން (އަކަފޫޓް) |
ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް) |
ސިރާޖުއްދީންމަގު ދެކުނުކޮޅު - ހައުސިން ޔުނިޓްތަކުގެ ދެކުނު |
40,860 |
2,000.00 |
ކަތިމަގު |
48,750 |
2,500.00 |
ސިރާޖުއްދީންމަގު އުތުރުކޮޅު - ހައުސިން ޔުނިޓްތަކުގެ އުތުރު |
140,000 |
3,000.00 |
ތަށަވަތްމަގު – ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު |
22,140 |
1,000.00 |
ކުރިގަމު ކުޅޭބިން (ބޯޅަދަނޑާއެކު) |
185,386 |
4,000.00 |
މެދުއަވަށު ބޯޅަދަނޑު |
101,838 |
3,000.00 |
މެދުއަވަށު ކުޅޭބިން |
149,848 |
3,000.00 |
ބަރާސިލް ކުޅޭބިން (ބޯޅަދަނޑާއެކު) |
292,368 |
5,000.00 |
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 03 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.