އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭޝިއަރ (ވަގުތީ)

                                                ނަންބަރު:IUL)345-CAA/345/2019/26)

އިޢުލާން

އއ.މާޅޮހު ކައުންސިލް އިދާރާގެ ކޭޝިއަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފެއް ހޯދުމާބެހޭ:

މަޤާމް:ކޭޝިއަރ

ބޭނުންވާ ޢަދަދު:01 ( އެކެއް )

މުއްދަތު: 3 މަސް ދުވަސް.

ފެންވަރު ނުވަތަ ޝަރުޠު:ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' ، 'އިސްލާމް' މި  ދެ މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ: މަހަކު -/2000

ސަރވިސް އެލަވަންސް: -/1000

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • ކައުންސިލުން އަންގާ ގޮތެއްގެ މަތީން ފައިސާ ބަލައިގަތުމާއި ބެލެހެއްޓުން.
  • ބިލް ފޮނުވަންޖެހޭ ފަރާތްތަކަށް ބިލް ތައްޔާރުކޮށް ފޮނުވުން.
  • ދުވަހުން ދުވަހަށް ލިބޭ ފައިސާ ތިޖޫރިއަށް ޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުންވެސް ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.

3-      ސްކޫލެއްގައި އުޅެފައިވާނަމަ، ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ.

4-      ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިންޓަވިއުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 މެއި 2019 އާއި 28 މެއި 2019 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ ގައެވެ. 

15 މޭ 2019
ހޯދާ