ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2019/26)
އިޢުލާން
އއ.މާޅޮހު ކައުންސިލް އިދާރާގެ ކޭޝިއަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފެއް ހޯދުމާބެހޭ:
މަޤާމް:ކޭޝިއަރ
ބޭނުންވާ ޢަދަދު:01 ( އެކެއް )
މުއްދަތު: 3 މަސް ދުވަސް.
ފެންވަރު ނުވަތަ ޝަރުޠު:ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' ، 'އިސްލާމް' މި ދެ މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މުސާރަ: މަހަކު -/2000
ސަރވިސް އެލަވަންސް: -/1000
މަޤާމްގެ މަސްއޫލިއްޔަތުތައް:
- ކައުންސިލުން އަންގާ ގޮތެއްގެ މަތީން ފައިސާ ބަލައިގަތުމާއި ބެލެހެއްޓުން.
- ބިލް ފޮނުވަންޖެހޭ ފަރާތްތަކަށް ބިލް ތައްޔާރުކޮށް ފޮނުވުން.
- ދުވަހުން ދުވަހަށް ލިބޭ ފައިސާ ތިޖޫރިއަށް ޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މީގެ އިތުރުންވެސް ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
3- ސްކޫލެއްގައި އުޅެފައިވާނަމަ، ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ.
4- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
އިންޓަވިއުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 މެއި 2019 އާއި 28 މެއި 2019 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ ގައެވެ.