ދިވެހިރާއްޖެ
ނޫސް ބަޔާން
ފޯލްސިފައިޑް Mencevax ACWY (މެނިންޖައިޓިސް ވެކްސިން އެފްރިކާގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) ގެ އެލާޓް ނަންބަރ: EMP/SAV/Alert No5.2019 އިން ވަނީ އެލާޓް ކުރައްވާފައެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން ނޭޝަނަލް ޕްރޮގްރާމްގެ ބޭނުމަށް އެތެރެކުރާ ގޮތަށް ފާހަގަކޮށްފައިވާ ބޭހެކެވެ. ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.
Mencevax ACWY |
Mencevax ACWY |
Product Name |
Glaxo Smith Biologicals s.a. Rixensar-Belgium |
Glaxo Smitne Biologicals s.a. Rixensart-Beigium |
Stated Manufacturer |
AMEUA105BA |
AMEUA108BA |
Batch Number |
03/2016 |
03/2018 |
Manufacturing Date |
07/2021 |
02/2021 |
Expiry Date |
ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.
7 ރަަމަޟާން 1440