ނޫސްބަޔާން
ނަންބަރު: 182-MTG/NB/2019/05
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 18 މޭ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
Falsified Meningitis vaccines އާއި ގުޅޭ

ނޫސް ބަޔާން

ފޯލްސިފައިޑް Mencevax ACWY (މެނިންޖައިޓިސް ވެކްސިން އެފްރިކާގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) ގެ އެލާޓް ނަންބަރ: EMP/SAV/Alert No5.2019 އިން ވަނީ އެލާޓް ކުރައްވާފައެވެ.

މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން ނޭޝަނަލް ޕްރޮގްރާމްގެ ބޭނުމަށް އެތެރެކުރާ ގޮތަށް ފާހަގަކޮށްފައިވާ ބޭހެކެވެ. ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. 

Mencevax ACWY

Mencevax ACWY

Product Name

Glaxo Smith Biologicals s.a. Rixensar-Belgium

Glaxo Smitne Biologicals s.a. Rixensart-Beigium

Stated Manufacturer

AMEUA105BA

AMEUA108BA

Batch Number

03/2016

03/2018

Manufacturing Date

07/2021

02/2021

Expiry Date


ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.

7 ރަަމަޟާން 1440

12 މޭ 2019