ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ލ. މާންދޫ އިރުމަތީ ފަރާތު ރުއްގަނޑު ސަރަހައްދު ( 24.64 ހެކުޓަރ ) ވަގުތީ ގޮތުން 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 26 މާރޗް 2019 ގައި މި ކައުންސިލުން ކުރި ނަންބަރު:IUL)240-ADS/240/2019/7) އިޢުލާނަށް ލިބިފައިވާ ތަރުޙީބު ކުޑަވުމުގެ ސަބަބުން އެ އިޢުލާނު ބާޠިލްކޮށް، އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ސަރަހައްދު ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މޭ 2019 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.