ކުއްޔަށް ދިނުން
ނަންބަރު: (IUL)240-ADS/240/2019/12
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 07 މޭ 2019 10:30
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާންދޫގެ އިރުމަތީ ފަރާތުގެ ރުއްގަނޑު ކުއްޔަށް ދިނުމާގުޅޭ

         މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ލ. މާންދޫ އިރުމަތީ ފަރާތު ރުއްގަނޑު ސަރަހައްދު ( 24.64 ހެކުޓަރ ) ވަގުތީ ގޮތުން 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 26 މާރޗް 2019 ގައި މި ކައުންސިލުން ކުރި ނަންބަރު:IUL)240-ADS/240/2019/7) އިޢުލާނަށް ލިބިފައިވާ ތަރުޙީބު ކުޑަވުމުގެ ސަބަބުން އެ އިޢުލާނު ބާޠިލްކޮށް، އަލުން އިޢުލާނު ކުރީމެވެ.

 

         ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ސަރަހައްދު ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މޭ 2019 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

24 އޭޕްރިލް 2019