ދިވެހިރާއްޖެ
މިއޮތޯރިޓީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޗާޕްކުރުމަށް ބޭނުންވެގެން 17 އެޕްރީލް 2019ގައި ކުރި ނަންބަރު: (IUL)179-3.2/1/2019/7 އިއުލާނާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް، އަލުން އެފުރުސަތު ހުޅުވާލަމެވެ.
އަހަރީ ރިޕޯޓް ޗާޕްކުރުމާގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ޢަދަދު: 150 ކޮޕީ
ޞަފްޙާގެ ޢަދަދު: 164 (ބޭރު ގަނޑާއެކު)
ސައިޒް: 265mm x 180mm
ބަނޑޭރި ގަނޑު : 250GSM އާޓް ކާޑުގައި މެޓް ލެމިނޭޝަނާއެކު
އެތެރޭގެ ގަނޑުތައް: 130GSM މެޓް އާޓް ކަރުދާހުގައި
ބައިންޑްކުރުން: ގުލޫ ބައިންޑްކޮށްފައި
ވީމާ، އަހަރީ ރިޕޯޓް ޗާޕްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮތޯރިޓީ (ހ. އޯކިޑް 3 ވަނަ ފަންގިފިލާ/އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 މެއި 2019 ވާ އާދީއްތަ ދުވަހު 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
އަގު (ޖީއެސް.ޓީ އާއެކު) %70
ތަޖުރިބާ
މުއްދަތު %20
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3014110/ 3336619 ނަންބަރު ފޯނާއެވެ.
20 ޝަޢުބާން 1440
25 އެޕްރީލް 2019