މަސައްކަތް
ނަންބަރު: (IUL)179-3.2/1/2019/9
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 30 އޭޕްރިލް 2019 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަހަރީ ރިޕޯޓް ކުލަކޮށް ޗާޕްކުރުމާގުޅޭ

މިއޮތޯރިޓީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޗާޕްކުރުމަށް ބޭނުންވެގެން 17 އެޕްރީލް 2019ގައި ކުރި ނަންބަރު: (IUL)179-3.2/1/2019/7   އިއުލާނާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް، އަލުން އެފުރުސަތު ހުޅުވާލަމެވެ.

އަހަރީ ރިޕޯޓް ޗާޕްކުރުމާގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ޢަދަދު: 150 ކޮޕީ

ޞަފްޙާގެ ޢަދަދު: 164 (ބޭރު ގަނޑާއެކު)

ސައިޒް: 265mm x 180mm

ބަނޑޭރި ގަނޑު : 250GSM އާޓް ކާޑުގައި މެޓް ލެމިނޭޝަނާއެކު

އެތެރޭގެ ގަނޑުތައް: 130GSM  މެޓް އާޓް ކަރުދާހުގައި

ބައިންޑްކުރުން: ގުލޫ ބައިންޑްކޮށްފައި 

ވީމާ، އަހަރީ ރިޕޯޓް ޗާޕްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮތޯރިޓީ (ހ. އޯކިޑް 3 ވަނަ ފަންގިފިލާ/އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 މެއި  2019 ވާ އާދީއްތަ ދުވަހު 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ހުށަހަޅާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

އަގު (ޖީއެސް.ޓީ އާއެކު)          %70

ތަޖުރިބާ                                   

މުއްދަތު                    %20 

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ   3014110/ 3336619  ނަންބަރު ފޯނާއެވެ.   

20 ޝަޢުބާން 1440

25 އެޕްރީލް 2019

25 އޭޕްރިލް 2019