ދިވެހިރާއްޖެ
މިރަށު އުރީދޫ އެންޓަނާގެ ދެކުނުންއޮތް ހުސްބިމުގައި ތެޔޮ ރައްކާ ކުރުމަށާއި، ތެޔޮ ވިއްކުމަށް ބިން ކުއްޔަށްދިނުމަށް މި ކައުންސިލުން ބޭނުންވެއެވެ.
ވީމާ، ތެޔޮ ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ޖަލްސާކުރާ މާލަމް |
29/04/2019 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ޖަލްސާކުރާ މާލަމް |
02 މެއި 2019 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.