ކުއްޔަށް ދިނުން
ނަންބަރު: 368/IUL/2019/15
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 29 އޭޕްރިލް 2019 11:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

                  މިރަށު އުރީދޫ އެންޓަނާގެ ދެކުނުންއޮތް ހުސްބިމުގައި ތެޔޮ ރައްކާ ކުރުމަށާއި، ތެޔޮ ވިއްކުމަށް ބިން ކުއްޔަށްދިނުމަށް މި ކައުންސިލުން ބޭނުންވެއެވެ.                

                  ވީމާ، ތެޔޮ ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ޖަލްސާކުރާ މާލަމް

29/04/2019

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

ޖަލްސާކުރާ މާލަމް

02 މެއި 2019

ބުރާސްފަތި

11:00

                  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

21 އޭޕްރިލް 2019