ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ރައްކާތެރި ގޮތުގައި ކުނި ނައްތާލުވުމުގެ ޕްރޮގްރާމުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ބަދިގެ ބާކީއާއި ކުނިވާ ތަކެތި އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
ކުރަންޖެހޭމަސައްކަތުގެތަފްޞީލް
- ކޮންމެ ދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ބަދިގެ ބާކީއާއި ކުނިވާތަކެތި އުކާލުމަށް ދަތުރު ކުރުން.
- އޮއިވަރު ހުރިގޮތް ބަލާ ރަށް އަދި އެހެން ރަށަކަށްވެސް ނުލައްގާ ހިސާބަށް ފުރާދުއްވާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް ތަކެތި އެޅުން
- ތަކެތި އުފުލުމުގައި އުޅަނދާއި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ހަމަޔަށް އެޅުން
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
އަގު |
%90 |
|
(Benchmark price / Submitted price) x Allocated percentage |
ތަޖުރިބާ |
|
(Submitted experience / Benchmark years) x Allocated percentage |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
17 ޝަޢްބާން 1440