މަސައްކަތް
ނަންބަރު: (IUL)305/305/2019/44
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 21:25
ސުންގަޑި: 25 އޭޕްރިލް 2019 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ރައްކާތެރި ގޮތުގައި ކުނި ނައްތާލުވުމުގެ ޕްރޮގްރާމުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ބަދިގެ ބާކީއާއި ކުނިވާ ތަކެތި އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

ކުރަންޖެހޭމަސައްކަތުގެތަފްޞީލް

  1. ކޮންމެ ދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ބަދިގެ ބާކީއާއި ކުނިވާތަކެތި އުކާލުމަށް ދަތުރު ކުރުން.
  2. އޮއިވަރު ހުރިގޮތް ބަލާ ރަށް އަދި އެހެން ރަށަކަށްވެސް ނުލައްގާ ހިސާބަށް ފުރާދުއްވާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް ތަކެތި އެޅުން
  3. ތަކެތި އުފުލުމުގައި އުޅަނދާއި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ހަމަޔަށް އެޅުން

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

%90

  • ޚިދުމަތުގެ އަގަށްދޭ މާރކްސް.
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark price / Submitted price) x Allocated percentage

ތަޖުރިބާ

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު).
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް، ބެންޗްމާކް އެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted experience / Benchmark years) x Allocated percentage

                 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 ޝަޢްބާން 1440

22 އޭޕްރިލް 2019