ދިވެހިރާއްޖެ
ނޫސް ބަޔާން
Falsified HYDROCHLOROTHIAZIDE (Containing Glibenclamide) އާއި ގުޅޭ
ލޭގެ ޕްރެޝަރު ދަށް ކުރުމަށް ބޭނުންކުރާ Hydrochlorothiazide ގައި، އިތުރު އިންގްރީޑިއަންޓެއް ކަމަށްވާ ( ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރާ) Glibenclamide ހިމެނޭ ބޭހެއް އެފްރިކާގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިން ވަނީ އެލާޓް ކުރައްވާ ފައެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.
Hydrochlorothiazide 50mg |
Product Name |
Laboratoires Sterop Avenue De Scheut 4650 B-1070 Brussels, Belgium |
Stated Manufacturer |
16G04 |
Batch Number |
06/2017 |
Manufacturing Date |
30/05/2021 |
Expiry Date |
ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.
12 ޝައުބާން 1440