ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/NB/2019/04
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 27 އޭޕްރިލް 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
Falsified HYDROCHLOROTHIAZIDE (Containing Glibenclamide) އާއި ގުޅޭ

ނޫސް ބަޔާން

Falsified HYDROCHLOROTHIAZIDE (Containing Glibenclamide) އާއި ގުޅޭ

 

                              ލޭގެ ޕްރެޝަރު ދަށް ކުރުމަށް ބޭނުންކުރާ Hydrochlorothiazide ގައި، އިތުރު އިންގްރީޑިއަންޓެއް ކަމަށްވާ ( ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރާ)  Glibenclamide  ހިމެނޭ ބޭހެއް އެފްރިކާގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް    ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިން ވަނީ އެލާޓް ކުރައްވާ ފައެވެ.

 

               

            މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.

 

Hydrochlorothiazide 50mg
Tablets 1000 Comprimes

Product Name

Laboratoires Sterop

Avenue De Scheut 4650

B-1070 Brussels, Belgium

Stated Manufacturer

16G04

Batch Number

06/2017

Manufacturing Date

30/05/2021

Expiry Date

 

            ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

 

  12 ޝައުބާން 1440

21 އޭޕްރިލް 2019