މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

 

އިޢުލާން

   މިކޯޓުގެ ކޯޓު އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: E9C-A/2019/04 (07 މާރިޗު 2019) އިޢުލާނައި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެމަޤާމަށް ޝަރުތު ފުރިހަމަވާ 05 ފަރާތް ނެތުމުން އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެމަޤާމަށް މީހަކު ހޯދުމަށް އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކޯޓު އޮފިސަރ

ރޭންކް:     

ޖީ.އެސް 3

ބޭނުންވާ ޢަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ: 

-/ 4,465ރުފިޔާ

އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20
  • ސަރވިސް އެލަވަންސް:  1,500/-ރުފިޔާ
  • ލިވިންގ އެލަވަންސް:  2,550/-ރުފިޔާ
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ

2- މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން.

2- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.

3- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަ ކުރުން.

4- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.

5- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ / އިދާރީ މަސައްކަތްތައް ކުރުން.

6- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ / އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.

7- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

8- ކޯޓުން ތައްޔާރު ކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.

9- މިކޯޓަށާ އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާ ކޯޓަށް ހާޒިރުވުމުގެ އަމުރު ޙަވާލުކުރުން.

10-އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން.

11- ކޯޓުން ހަވާލުކުރާ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

ސުންގަޑި:

2019 މެއި 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމާއެކުހުށަހަޅަންޖެހޭ ތަކެތި:

 

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުން ލިބެން ހުންނާނެ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓުރާންސްކުރިޕްޓާއެކު.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓުރާންސްކުރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގެ ނަން، ހޭދަވި މުއްދަތު، ރޭންކް، އެޕްރައިޒަލަށް ލިބިފައިވާ މާކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

އިންޓަރވިއު:

  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާއެވެ.
  • އިތުރު މަޢުލުމާތު ސާފުކުރުމަށް ގުޅުއްވާނީ ނަންބަރު 6580450 ފޯނާއެވެ.

17 އޭޕްރީލް 2019 

17 އޭޕްރިލް 2019
ހޯދާ