ދިވެހިރާއްޖެ
އިޢުލާން މިކޯޓުގެ ކޯޓު އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: E9C-A/2019/04 (07 މާރިޗު 2019) އިޢުލާނައި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެމަޤާމަށް ޝަރުތު ފުރިހަމަވާ 05 ފަރާތް ނެތުމުން އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެމަޤާމަށް މީހަކު ހޯދުމަށް އިޢުލާނު ކުރަމެވެ. |
|||
ވަޒީފާގެ ފުރުޞަތު |
|||
މަޤާމް: |
ކޯޓު އޮފިސަރ |
ރޭންކް: |
ޖީ.އެސް 3 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް |
އަސާސީ މުސާރަ: |
-/ 4,465ރުފިޔާ |
އެލަވަންސް: |
|
||
އަސާސީ ޝަރުޠު: |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ 2- މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން. 2- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން. 3- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަ ކުރުން. 4- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން. 5- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ / އިދާރީ މަސައްކަތްތައް ކުރުން. 6- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ / އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން. 7- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން. 8- ކޯޓުން ތައްޔާރު ކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން. 9- މިކޯޓަށާ އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާ ކޯޓަށް ހާޒިރުވުމުގެ އަމުރު ޙަވާލުކުރުން. 10-އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން. 11- ކޯޓުން ހަވާލުކުރާ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން. |
||
ސުންގަޑި: |
2019 މެއި 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
||
ވަޒީފާއަށް އެދޭ ފޯމާއެކުހުށަހަޅަންޖެހޭ ތަކެތި:
|
|
||
އިންޓަރވިއު: |
|
||
އިތުރު މަޢުލޫމާތު: |
|
||
17 އޭޕްރީލް 2019 |