ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/LEGAL/2019/004
ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ގެ އުތުރު ޝޯލައިން ސަރަހައްދުގައި މިކުންފުނީގެ ހުއްދަނެތި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން މިކުންފުނީގެ ފަރާތުން ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ދަތިވުމުގެ އިތުރުން މިސަރަހައްދުގެ ތިމާވެއްޓަށް އެތަށް ގެއްލުންތަކެއް ވަމުންދެއެވެ. މިކަން ވާނީ މީގެ ކުރިންވެސް އިއުލާންކުރެވި، އުޅަނދުތައް ނެގުމަށް މުއްދަތެއް ދީފައެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އުޅަނދުތައް ނެގުމަށް އެންމެ ފަހު ފުރުޞަތެއްގެ ގޮތުން، މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް އަރުވަމެވެ. މިމުއްދަތުގައި މިސަރަހައްދުގައިވާ އުޅަނދުތައް ނުނަގައިފިނަމަ، އިތުރު މުއްދަތެއް ދިނުމަކާނުލައި، އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.
11 ޝަޢުބާން 1440
16 އޭޕްރިލް 2019
Fen Building/ 4th floor ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513, 3307515 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514