ޢާންމު މަޢުލޫމާތު
ނަންބަރު: GMIZL/IUL/LEGAL/2019/004
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 29 އޭޕްރިލް 2019 00:00
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ހުއްދަނެތި އަޅާފައިވާ އުޅަނދުތަކާއިބެހޭ

  އިޢުލާން

 

                              ނަމްބަރު: GMIZL/IUL/LEGAL/2019/004

 

ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ގެ އުތުރު ޝޯލައިން ސަރަހައްދުގައި މިކުންފުނީގެ ހުއްދަނެތި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން މިކުންފުނީގެ ފަރާތުން ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ދަތިވުމުގެ އިތުރުން މިސަރަހައްދުގެ ތިމާވެއްޓަށް އެތަށް ގެއްލުންތަކެއް ވަމުންދެއެވެ. މިކަން ވާނީ މީގެ ކުރިންވެސް އިއުލާންކުރެވި، އުޅަނދުތައް ނެގުމަށް މުއްދަތެއް ދީފައެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އުޅަނދުތައް ނެގުމަށް އެންމެ ފަހު ފުރުޞަތެއްގެ ގޮތުން، މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް އަރުވަމެވެ. މިމުއްދަތުގައި މިސަރަހައްދުގައިވާ އުޅަނދުތައް ނުނަގައިފިނަމަ، އިތުރު މުއްދަތެއް ދިނުމަކާނުލައި، އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.   

 

11 ޝަޢުބާން 1440

16 އޭޕްރިލް 2019

 

 

Fen Building/ 4th floor                    ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives         އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515  Fax: 3307514             ފޯން: 3307513،3307515 ފެކްސް: 3307514

 

 

 

 

 

 

 

 

 

 

 

 

 

16 އޭޕްރިލް 2019