ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެސިލިޓޭޓަރ

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މައްޗަންގޮޅި އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.     

ފޯން: 3345303

ފެކްސް: 3313425

www.mnu.edu.mv

އިޢުލާން

            ޏ.ފުވައްމުލަކު އައުޓްރީޗް ސެންޓަރ ގައި މިފެކަލްޓީން ހިންގާ ކޯސްތައް ފެސިލިލޭޓް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 މަސައްކަތް އޮންނަ ސެންޓަރ: ޏ. ފުވައްމުލަކު އައުޓްރީޗް ސެންޓަރ

  • މުއްދަތު: 2 އަހަރު ދުވަސް
  • އުޖޫރަ: ރަމްޒީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކު -/1000 (އެއްހާސް ރުފިޔާ) ޑިސެމްބަރ 2019 ފިޔަވައި
  • މަސްއޫލިއްޔަތު:

ހ- ކްލާސްތަކަށް ކިޔަވައިދޭން މާލެއިން ދަތުރުކުރައްވާ ފާރާތްތަކަށް ކޮއްތާއި ހުރުން ހަމަޖެއްސުމުގައި އެހީތެރިވުން (ކޮއްތާއި ހުރުމަށް ހިނގާ ޚަރަދު ޔުނިވަރސިޓީއިން ދޭނެއެވެ.)

ށ- ކިޔަވައިދޭން ރަށަށް ދަތުރުކުރައްވާ ލެކްޗަރަރއިންނަށް އިސްތިގުބާލުކުރުމާއި، ހަމަޖެހިފައިވާ ވަގުތަށް ރަށުން ފުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސައިދިނުން.

ނ- ކުލާސްތައް ކުރިއަށްދާއިރު ކުލާސްތައް ހިނގާ ނުހިގާގޮތް ބަލައި، ފެކަލްޓީ އިން ކަނޑައަޅާފައިވާ ގޮތަށް ކްލާސްތައް ކުރިއަށްދާކަން ކަށަވަރުކުރުން.

ރ- ކުލާސްތައް ކުރިއަށް ދާއިރު ބޭނުންވާ ފޮޓޯ ކޮޕީ ހެދުން، ނުވަތަ ކިޔަވައިދިނުމާ ގުޅިގެން ކުއްލިއަކަށް ދިމާވާ ކަންކަން ކިޔަވައިދޭ ލެކްޗަރަރއިންނާ ގުޅިގެން ހައްލުކުރުން.

ބ- ކުލާސްތަކަށް އަންނަ ދަރިވަރުންނަށް ކިޔެވުމާ ގުޅިގެން ދިމާވާ ދަތިތައް، ކޯސް ކޯޑިނޭޓަރާ ގުޅިގެން ހައްލުކުރުން.

ޅ- ދަރިވަރުން ހާޑްކޮޕީގެ ގޮތުގައި އެސައިންމެންޓް ހުށައަޅާނަމަ އެސައިމަންޓްތަކާއި، ދަރިވަރުންގެ ކިޔެވުމާގުޅޭ ރެކޯޑްތަކާއި ލިޔުންތައް (މިސާލަކަށް ކްލާސްތަކުގެ ހާޒިރީ އާއި ބައެއް އެސެސްމެންޓް ރެކޯޑް) ފަރުވާތެރިކަމާއެކު ބަލަހައްޓައި، ކޯސް ކޯޑިނޭޓަރު އަންގަވާ ގޮތެއްގެމަތިން ފެކަލްޓީއަށް ފޮނުވުން.

ކ- ކޯސް ކޯޑިނޭޓަރު / ކޯޑިނޭޓަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

އ- ދަރިވަރުންގެ ކޯހާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ކޯސް ހިންގާ ސަރަހައްދެއްގެ އެއްވެސް މުވައްސަސާއަކަށް ނުވަތަ ކާރު ޚާނާއަކަށް ދާންޖެހޭނަމަ، ފެކަލްޓީގެ ކޯސް ކޯޑިނޭޓަރުގެ އިރުޝާދުގެ މަތިން އެފަދަ ތަންތަނުގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފުރިހަމަކުރެވޭނެ މަގު ފަހިކުރުމަށް އެހީތެރިވުން.

ވ- ކޮންމެ ސެންޓަރެއްގެ އިމްތިހާނުތައް ބޭއްވުމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފެކަލްޓީގެ ލަފާގެ މަތިން ކުރުން.

މ. އިސްވެދިޔަ ކަންތަކުގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ކޯޑިނޭޓަރ/ކޯޑިނޭޓަރުންނާ ގުޅުއްވައިގެން ހައްލުކޮށްދިނުން.

           ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ސިޓީ ނުވަތަ އީމެއިލް ([email protected]) ފޮނުއްވުން އެދެމެވެ.

 

09 އޭޕްރިލް 2019
ހޯދާ