ދިވެހިރާއްޖެ
ފެކަލްޓީ އޮފް އެޑިޔުކޭޝަން
މައްޗަންގޮޅި އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3345303
ފެކްސް: 3313425
www.mnu.edu.mv
އިޢުލާން
ޏ.ފުވައްމުލަކު އައުޓްރީޗް ސެންޓަރ ގައި މިފެކަލްޓީން ހިންގާ ކޯސްތައް ފެސިލިލޭޓް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތް އޮންނަ ސެންޓަރ: ޏ. ފުވައްމުލަކު އައުޓްރީޗް ސެންޓަރ
- މުއްދަތު: 2 އަހަރު ދުވަސް
- އުޖޫރަ: ރަމްޒީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކު -/1000 (އެއްހާސް ރުފިޔާ) ޑިސެމްބަރ 2019 ފިޔަވައި
- މަސްއޫލިއްޔަތު:
ހ- ކްލާސްތަކަށް ކިޔަވައިދޭން މާލެއިން ދަތުރުކުރައްވާ ފާރާތްތަކަށް ކޮއްތާއި ހުރުން ހަމަޖެއްސުމުގައި އެހީތެރިވުން (ކޮއްތާއި ހުރުމަށް ހިނގާ ޚަރަދު ޔުނިވަރސިޓީއިން ދޭނެއެވެ.)
ށ- ކިޔަވައިދޭން ރަށަށް ދަތުރުކުރައްވާ ލެކްޗަރަރއިންނަށް އިސްތިގުބާލުކުރުމާއި، ހަމަޖެހިފައިވާ ވަގުތަށް ރަށުން ފުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސައިދިނުން.
ނ- ކުލާސްތައް ކުރިއަށްދާއިރު ކުލާސްތައް ހިނގާ ނުހިގާގޮތް ބަލައި، ފެކަލްޓީ އިން ކަނޑައަޅާފައިވާ ގޮތަށް ކްލާސްތައް ކުރިއަށްދާކަން ކަށަވަރުކުރުން.
ރ- ކުލާސްތައް ކުރިއަށް ދާއިރު ބޭނުންވާ ފޮޓޯ ކޮޕީ ހެދުން، ނުވަތަ ކިޔަވައިދިނުމާ ގުޅިގެން ކުއްލިއަކަށް ދިމާވާ ކަންކަން ކިޔަވައިދޭ ލެކްޗަރަރއިންނާ ގުޅިގެން ހައްލުކުރުން.
ބ- ކުލާސްތަކަށް އަންނަ ދަރިވަރުންނަށް ކިޔެވުމާ ގުޅިގެން ދިމާވާ ދަތިތައް، ކޯސް ކޯޑިނޭޓަރާ ގުޅިގެން ހައްލުކުރުން.
ޅ- ދަރިވަރުން ހާޑްކޮޕީގެ ގޮތުގައި އެސައިންމެންޓް ހުށައަޅާނަމަ އެސައިމަންޓްތަކާއި، ދަރިވަރުންގެ ކިޔެވުމާގުޅޭ ރެކޯޑްތަކާއި ލިޔުންތައް (މިސާލަކަށް ކްލާސްތަކުގެ ހާޒިރީ އާއި ބައެއް އެސެސްމެންޓް ރެކޯޑް) ފަރުވާތެރިކަމާއެކު ބަލަހައްޓައި، ކޯސް ކޯޑިނޭޓަރު އަންގަވާ ގޮތެއްގެމަތިން ފެކަލްޓީއަށް ފޮނުވުން.
ކ- ކޯސް ކޯޑިނޭޓަރު / ކޯޑިނޭޓަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
އ- ދަރިވަރުންގެ ކޯހާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ކޯސް ހިންގާ ސަރަހައްދެއްގެ އެއްވެސް މުވައްސަސާއަކަށް ނުވަތަ ކާރު ޚާނާއަކަށް ދާންޖެހޭނަމަ، ފެކަލްޓީގެ ކޯސް ކޯޑިނޭޓަރުގެ އިރުޝާދުގެ މަތިން އެފަދަ ތަންތަނުގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފުރިހަމަކުރެވޭނެ މަގު ފަހިކުރުމަށް އެހީތެރިވުން.
ވ- ކޮންމެ ސެންޓަރެއްގެ އިމްތިހާނުތައް ބޭއްވުމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފެކަލްޓީގެ ލަފާގެ މަތިން ކުރުން.
މ. އިސްވެދިޔަ ކަންތަކުގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ކޯޑިނޭޓަރ/ކޯޑިނޭޓަރުންނާ ގުޅުއްވައިގެން ހައްލުކޮށްދިނުން.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ސިޓީ ނުވަތަ އީމެއިލް ([email protected]) ފޮނުއްވުން އެދެމެވެ.