ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓުގެ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުން

           މިކޯޓުގެ އިމާރާތުގެ ބޭރުގެ ވަށައިގެންހުރި ސީލިން މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް، މިކޯޓުންކުރި ނަންބަރު Q2C-A/2019/1 (06 ފެބްރުއަރީ 2019 ) އިޢުލާނާއި ގުޅިގެން، ދީފައިވާ މަޢުލޫމާތު ޝީޓުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ  ކްރައިޓީރިއާ ހިމަނާފައިނުވާތީ، މިމަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް، އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު  ހުޅުވާލަމެވެ.

           ވީމާ، މިކޯޓުގެ އިމާރާތުގެ ބޭރުގެ ވަށައިގެންހުރި ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދިނުމަށްއެދޭ ފަރާތްތަކުން، 2019 އޭޕްރިލް 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް މިކޯޓަށް، (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރިލް 14 ވާ އާދީއްތަ ދުވަހުގެ ހެދުނު، 10:45 އަށް މިކޯޓަށް (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށާއި އަދި އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަނީ، ކުންފުންޏަކުން، ޕާޓްނަރޝިޕަކުން ނުވަތަ ލޯކަލް އިންވެސްޓްމަންޓަކުން  ކަމަށްވާނަމަ އެކަން އެނގޭނެ ރަސްމީލިޔުމަކާއި، އަދި އެކުންފުނި ،ޕާޓްނަރޝިޕް ނުވަތަ ލޯކަލް އިންވެސްޓްމަންޓްގެ ފަރާތުން މަޢުލޫމާތު ސާފްކުރެއްވުމަށް ނުވަތަ އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

27 މާރިޗު 2019
ހޯދާ