މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ފެރީޓާމިނަލްގެ 3D ކުރެހުމާއި ބީއޯކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 31 މާރިޗު 2019 1011 ގައި ބާތިލް ކުރެވިފައެވެ.


`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                             ނަންބަރު: IUL)303-AS/2019/15)           

އިޢުލާން

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ފެރީޓާމިނަލްގެ 3Dކުރެހުމާއި ބީއޯކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     

           މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ 50*70 ފޫޓްގެ ބިމުގައި ފެރީޓާމިނަލް ކުރަހާ ބީއޯކިއު ހަދާ 3D ކޮށް ކުރަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ފެރީ ޓާމިނަލް ކުރަހާ ބީއޯކިއު ހަދާ 3D ކޮށް ކުރެހުމާއިގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 04 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ފެރީޓާމިނަލް ކުރުހާ ބީއޯކިއުހަދާ 3D ކޮށް ކުރުހައި ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ މެންބަރ ހުސައިން އާސިފް ނަމްބަރ 9978600 ގުޅުއްވުން އެދެމެވެ.

    ފެރީޓާރމިނަލްގެ މަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1.  ފެރީޓާމިނަލް ކުރެހުމަށް ހުށަހަޅާ އަގު      %70                               
  2.  ޓާމިނަލްގެ ޑިޒައިން                  
  3. ތަޖުރިބާ ފަންނީ ގާބިލްކަމަށް            
  4.  ހުށަހަޅާ މުއްދަތައް                  

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           24  ރަޖަބް  1440     

           31  މާރިޗް  2019  

31 މާރިޗު 2019
ހޯދާ