އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

އިޢުލާނު

 

މަޤާމް:އެސިސްޓެންޓް ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު:J-303072

 

ބޭނުންވާ އަދަދު:1 (އެކެއް)

 

މަޤާމުގެ ގިންތި:ދާއިމީ

 

މަޤާމުގެ ރޭންކް: އެމް. އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން : ސީނިއަރ ޓެކްނިކަލް އޮފިސަރ ގުރޭޑް 1

 

ސެކްޝަން:އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

 

މަޤާމް އޮތް އޮފީސް:އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:7035.00 (ރުފިޔާ މަހަކަށް)

 

ސަރވިސް އެލެވަންސް:2000.00 (ރުފިޔާ މަހަކަށް)

 

 އެހެނިހެން އެލަވަންސް:

 

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
 2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
 4. ސިވިލް ސަރވިސް މުވަޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގް ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކަށް) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ޓެކްނިލަލް ކޯ ގެ ޝަރުތު ހަމަވާނަމަ ، ހުށައަޅާފައިވާ ސެޓުފިކެޓަކީ މިމަޤާމަށް ކަނޑައެޅިފައިވާ ކޯޑިސިޕުލިންގެ ތަޢުލީމީ ރޮނގު " އިކޮނޮމިކްސް، އާބަން ސްޓަޑީޒް، ޕުރޮޖެކްޓް މެނޭޖްމެންޓް ސެޓުފިކެޓެކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ރަށުކައުންސިލް އިދާރާގެ އިކޮނޮމިކްސޯޝަލް އަދި މުނިސިޕަލް ސަރވިސަސް ޔުނިޓް ހިންގުމާއި ، ރަށުކައުންސިލުންދޭ ރަށްވެރިކަމުގެ ޚިދުމަތާއި ، ޢިޖުތިމާޢީ ، ޢިޤްތިޟާދީ އަދި ތަރައްގީގެ ކަންކަން ހިންގައި ބެލެހެއްޓުން.
 2. ރަށުކައުންސިލްގެ ސިޔާސަތުގެ މައްޗަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާ ޢިޤުތިޞާދީ މަޝްރޫޢުތައް އެކުލަވާލައި ހިންގައި ތަރައްޤީގެ ރޭވުންތައް ތަންފީޒުކުރުން.
 3. ޢިޤްތިޞާދީ އަދި އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅާއި ފަޅު އަދި އެނޫންވެސް ވަސީލަތްތައް ހޯދުމާއި، އެފަދަ ތަންތަން ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއި ބެހޭ އެއްމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
 4. އިޤްތިސާދީ ފުރުޞަތުތައް ފުޅާކޮށް، ރަށުގެ އިޤްތިޞާދީ ބިންތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
 5. ކައުންސިލްގެ ފަރާތުން ހިންގުމަށް ރާވާ އިގްތިޞާދީ، އަދި އިޖްތިމާއީ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
 6. ރަށުގެ ބަނދަރު މަރާމާތު ކުރުމާއި ބަނދަރު ބެލެހެއްޓުމާބެހޭ އެއްމެހައި ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު ، އާބަން ސްޓަޑީޒް ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، މުނިސިޕަލް ސާވިސަސް ނުވަތަ އިކޮނޮމިކްސް  ނުވަތަ ޕުރޮޖެކްޓް މެނޭޖުމަންޓުގެ  ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް ، ޕްރޮޖެކްޓް މެނޭޖުމަންޓު ،އާބަން ސްޓަޑީޒްގެ  ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މުނިސިޕލް ސާރވިސަސް ނުވަތަ އިކޮނޮމިކްސް ނުވަތަ ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް ، ޕްރޮޖެކްޓް މެނޭޖުމަންޓު ، އާބަން ސްޓަޑީޒްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފަ އިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ،އެ ސެޓުފިކެޓުގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 • ލިބިފައިވާ ތަޢުލީމާއި ތަމުރީން (ކަނޑައެޅިފައިވާ އިންސައްތަ %35)
 • ސިވިލްސާރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށްފައިވާނަމަ  (ކަނޑައެޅިފައިވާ އިންސައްތަ %5)
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވަނީ 15 އިންސައްތަ )
 • ލިބިފައިވާ ހުނަރު ، އިންޓަވިއު އަދި ޕުރެޒެންޓޭޝަން /ޕުރެކްޓިކަލްސް ( ކަނޑައެޅިފައިވާ އިންސައްތަ %45)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމު  އދ.އޮމަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، އދ.އޮމަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި ޢިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހެއްގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  24 ފެބުރުއަރީ 2019   އާއި 07 މާރިޗް 2019   އާ ދެމެދު، އދ.އޮމަދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެޖްޖެހޭ ޖުމްލަ އިންސައްތައަކީ %55 (ފަންސާސް ފަހެއް) އެވެ.

 އިތުރު މަޢުލޫމާތު ހޯދުން:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680542 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

                                                             07 ޖުމާދިލް ޢޫލާ 1440                       

                                                            12 ފެބުރުއަރީ  2019                

 

 

                                                                                                               އަދުނާނު އަބުދުﷲ   

                                                                                                              ކައުންސިލްގެ ރައީސް  

12 ފެބުރުވަރީ 2019
ހޯދާ