ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

 

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 07 މާރިޗު 2019 ން 16 މާރިޗު 2019 ށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާމިމުބާރާތުގެޓީމްއިވެންޓްގައިބައިވެރިވާންބޭނުންވާއެންމެހައިސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައިސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ވާހަކަ ދަންނަވަމެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރައްވަންބޭނުންވާނަމަސަރުކާރުބަންދުނޫންކޮންމެދުވަހެއްގެހެނދުނު 09:00 ން 12:00 ށް އަދި މެންދުރުފަހު 13:30 ން ހަވީރު 16:00 ށްމިއެސޯސިއޭޝަންގެފޯންނަމްބަރ (3314057) އަށްގުޅުއްވައިގެންމަޢުލޫމާތުސާފުކުރެއްވުންއެދެމެވެ.

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

 

 

10 ފެބުރުވަރީ 2019

10 ފެބުރުވަރީ 2019
ހޯދާ