މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވެއްޖެ

މިރަށުގައި މިކައުންސިލްގެ ފަރާތުން ބަލަހައްޓަމުން ގެންދާ ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ ޢަދަދު: 1
އަސާސީ މުސާރަ މަހަކު: -/3000 ރ
ސާވިސް އެލަވަންސް:-/1000 ރ
ރިސްކު އެލަވަންސް: -/580 ރ
މީގެ އިތުރުން، ވަޒީފާއާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަމަޟާން މަހުގެ އިނާޔަތް ލިބޭނެއެވެ.
ގިންތި: ވަގުތީ (31 ޑިސެމްބަރ 2019 ގެ ނިޔަލަށް)

• ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ކޮންމެ ހަފްތާއަކުވެސް ކުނިކޮށީގައި މަސައްކަތްކުރަންޖެހޭނީ 4 ދުވަހު ދުވާލަކު 6 ގަޑިއިރުއެވެ. މީގެ ތެރެއިން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ޕިކަޕްގައި ގޭގޭދޮށަށް ގޮސް އުކާލަންޖެހޭކުނި ނެގުމާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ހުންނަ ކުނި ނަގައިގެން ކުނިކޮށްޓަށް ގެންގޮސް ނައްތާލުމާއި، މީގެ އިތުރަށް ހޮނިހިރު ދުވަހާއި އަންގާރަ ދުވަހުވެސް ކުނިކޮށީގައި މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ކުނިކޮށީގައި މަސައްކަތް ކުރުން.
2. ކުނި އުކާލުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގޭގެއިން ގެންނަ ފަތްކުނި/އަނދާޒާތުގެ ކުނިތައް ކުނިކޮށީގައި އެދުވަހެއްގެ ކުނި އެދުވަހަކު އެންދުމާއި ނެޕީފަދަ ތަކެތި ނައްތާލުން.
3. ކުނި އަންދާ އަށިގަނޑުގެ ދަށުގައި އަޅި ގިނަވިޔަނުދީ ބަލަހައްޓާ ސާފުކުރަމުން ގެންދިޔުން
4. ކުނިކޮށްޓަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި ވިނަ / ގަސްފަޅައި ބޯވިޔަނުދީ ސާފުކޮށް ބެލެހެއްޓުން
5. ގޭގެއިން ގެންނަ ކުނި އަޅަންވީ ތަން ކުނި ގެންނަ ފަރާތްތަކަށް އެންގުމާއި ބެލެއްޓުން
6. ކުނި އުކާލުމަށް ހަމަޖައްސާފައިވާ ގަޑިތަކުގެ އިތުރުން އެހެން ދުވަހެއް/ގަޑިއެއްގައި ކުނި އުކާލުމަށް އާންމު ފަރާތަކުން ބޭނުންވެއްޖެނަމަ ކުނިކޮށްޓަށް ކުނި ގެންދިޔުމުގެ ހުއްދަ ދިނުމާއި ކުނި ގެންދާ ވަގުތު ކުނިކޮށްޓަށްގޮސް ކުނި އަޅާގޮތް ސްޕަވައިޒް ކުރުން.
7. ކުނި އުކާލުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިކޮށްޓަށް މަސައްކަތަށް ނިކުތުމުގެ ކުރިން ކައުންސިލް އިދާރާގައި އޮންނަ ޙާޟިރީގައި ސޮއިކުރުން.
8. މީގެ އިތުރުން ވަންދޫ ޕްރޮޖެކުޓާއި ގުޅިގެން ކުނިކޮށިން ބަނދަރަށް އުފުލަންޖެހޭ ކުނި އުފުލުމުގައި ކައުންސިލަށް އެހީތެރިވުން

• ޝަރުތު:
1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

• ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަށް ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

• އިންޓަރވިއުކުރުން
މިމަޤާމަށް މީހުން ހޮވުމަށްޓަކައި ކުރެވޭ އިންޓަރވިއު އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާ އެކަންޏެވެ.

• ހުށަހަޅަންޖެހޭ ލިޔުންތައް:
1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަމްބަރާއިއެކު)
3. މިދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް.
ވީމާ، މިމަޤާމްތަކަށް ޝަރުތުހަމަވާ ފަރާތްތަކުން، 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މަތީގައިބަޔާންކުރެވިފައިވާ ލިޔުންތަކާއިއެކު މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6580072 އާއި ގުޅުއްވުން އެދެމެވެ.

06 ފެބުރުވަރީ 2019
ހޯދާ