ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ (ޕްރައިމަރީ ސެކްޝަން)

އިޢުލާން

ތާރީޙް: 06 ފެބްރުއަރީ 2019                                   ނަންބަރ: GS145/HR/IUL/2019/005    

ލީޑިންގ ޓީޗަރ (ޕްރައިމަރީ ސެކްޝަން)


ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ޓީޗަރުން ހޯދުމާއި ގުޅޭ:

ބޭނުންވާ އަދަދު:   01

ބޭނުންވާ ދާއިރާ:   ޕްރައިމަރީ ސެކްޝަން

 

  •  ލީޑިންގ ޓީޗަރުންގެ މަޤާމަށް ޓީޗަރުން ޢައްޔަން ކުރާނެ ގޮތާއި، ލީޑިންގ ޓީޗަރުންނަށް ޓެނުއަރޝިޕް ދޭނޭގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

1- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވޭނީ ޓީޗަރެއްގެ މަޤާމުގެ ޝަރުޠު ހަމަވުމާއިއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

2- ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރެއް ކަމުގައިވުން.

3- ލީޑިންގ ޓީޗަރ ކަމުގެ މަސްއޫލިއްޔަތަކީ ތަޢުލީމީ ކަލަންޑަރުގެ 2 އަހަރު ދުވަހުގެ ޓެނުއަރ އަކަށް ސުކޫލެއްގެ ޓީޗަރުންގެ ތެރެއިން ތިރީގައިއެވާ ގޮތަށް ޓީޗަރަކާއި ޙަވާލުކުރާ ޒިންމާއެކެވެ.

4- ލީޑިންގ ޓީޗަރގެ ޓެނުއަރ ގުނަންފެށޭނީ މަސްއޫލިއްޔަތު ޙަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ.

5- ލީޑިންގ ޓީޗަރުކަމަށް ހޮވޭ ޓީޗަރުގެ ޓެނުއަރޝިޕް އެލަވަންސް ދޭން ފަށާނީ ޢައްޔަންކުރާ ތާރީޚުން ފެށިގެންނެވެ.

6- ލީޑިންގ ޓީޗަރުކަމުގެ ޓެނުއަރ ހަމަވުމުން އިޢުލާނުކުރުމެއްނެތި އައު ދައުރަކަށް ލީޑިންގ ޓީޗަރުކަމަށް އަލުން ޢައްޔަނު ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އަލުން ޢައްޔަންކުރެވޭނީ އެ މުއްދަތުގައި ކުރެވުނު އެޕްރައިޒަލް އިން އެވްރެޖްކޮށް %85 ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވުމާއިއެކު، ސުކޫލުގައި ކުރިޔަށް އޮތް ދިރާސީ އަހަރަށް ލީޑިންގ ޓީޗަރަކަށް ޖާގަ އޮތްނަމައެވެ.

7- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފު މަސްއޫލިއްޔަތުގެ ޓެނުއަރ ހަމަވުމުން ޓީޗަރުކަމުގެ މަސްއޫލިއްޔަތަށް އެނބުރި ރުޖޫޢަވާނެއެވެ.

8- ލީޑިންގ ޓީޗަރުން ޢައްޔަންކުރެވޭނީ ޕްރައިމަރީ، ލޯވަރ ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީއަށް ދަރިވަރުންގެ ނިސްބަތުން ވަކިންނެވެ. މިގޮތަށް ޢަމަލުކުރަން ފެށުމުން މިވަގުތު ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އެއްވެސް ފަރާތަކަށް، އެފަރާތެއް ހިނގަމުންމިދާ ޓެނުއަރގައި، އަސަރެއް ނުކުރާނެއެވެ. ނަމަވެސް އައު ޓެނުއަރ އަކަށް ޢަމަލުކުރަންފަށާނަމަ، މިއުޞޫލާއި އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

9- ލިޑިންގ ޓީޗަރގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ މެރިޓް އުޞޫލުންނެވެ.

  •  ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި ޕޮއިންޓްދޭނެގޮތް

މެރިޓް އުޞޫލު

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައި އެވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

 

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް

ޕޮއިންޓް

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓްލިބޭ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެ މުވައްޒަފުންނަށް 2018 ވަނަ އަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާރކްސްއަށް އަދި ޚިދުމަތުގެ މުއްދަތަށް ބެލުން.

ލީޑިންގ ޓީޗަރުންގެ މައިގަނޑު މަސްއޫލިއްޔަތު

1-  މިނިސްޓްރީގެ ސިޔާސަތުތައް ސުކޫލްގަ ތަންފީޒު ކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން.

2-  ޕްރިންސިޕަލް ނެތް ޙާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ޙަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.

3-  ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.

4-  ކިޔަވައިދޭ މާއްދާ ތަކުގެ ކޯޑިނޭޝަން މީޓިންތައް ރާވައި ކުރިޔަށް ގެންދާގޮތް ބަލައި ރިކޯރޑު ބެލެހެއްޓުން.

5-  ޓީޗަރުން ތައްޔާރުކުރާ ލެސަންޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށް ތައްޔާރު ކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން.

6-  ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވާ އެކަންކަން ކުރުވުމާއި އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.

7-  ސުކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރު ކުރުން.

8- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

9- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާޞިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

10- ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސުކޫލްގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.

11- ދަރިވަރުންގެ ކުރިއެރުމާއިބެހޭގޮތުން ބެލެނިވެރިންނާއި، ސުކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

12- ކުލާހާއި ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސުކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13- ރިލީފް ގަޑި ނެގުން.

14- ސުކޫލުގައި ހިންގާ ކުލަބު ހަރަކާތްތައް ވިލަރެސްކުރުން.

15- ކިޔަވައިދިނުމާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސުކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16- ސުކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.

17- މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

18- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން 35 މިނިޓްގެ 6 ގަޑި ނުވަތަ 45 މިނިޓްގެ 5 ގަޑި ނަގައި ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

  •   މުސާރައިގެ އިތުރަށް ދެވޭ އެލަވަންސް

ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި -/1000ރުފިޔާގެ އެލަވަންސް އެއް ލިބޭނެއެވެ.

  •    ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް).

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

  • މަޤާމަށް އެދެންވީ ސުންގަޑި:

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 17 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

  • ނޯޓް:

 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 01 ޖުމާދަލްއާޚިރާ 1440

06 ފެބްރުއަރީ 2019

 

06 ފެބުރުވަރީ 2019
ހޯދާ