ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ނަންބަރ:GS145/IUL/2019/007                                         ތާރީޙް: 05 ފެބްރުއަރީ 2019                                          

އިޢުލާން

 

  • މިސްކޫލްގެ އިޢުލާން ނަންބަރ GS145/IUL/2018/006 ގެޒެޓް ކުރެވިފައި ނުވާތީ އެއިޢުލނާން ބަތިލުކޮން އަލުން އިޢުލާން ކުރަމެވެ.

 

މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން  ބޭނުންވެއްޖެ

                                                                                                                                                           

          މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 01 މާރޗް 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް 10 މަސް ދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާހާނާ) އާއި، ސިޓިންގ ރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާހާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
  • ސިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.
  • ގޭގައިހުންނަންޖެހޭ ތަކެތީގެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓް ސްކޫލުން ލިބިލައްވާނެއެވެ.)

ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގޯތިތެރެ ސާފުކޮށް ކުނިކަހާ އިންތިޒާމް ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

ސިޓީ ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް

13 ފެބްރުއަރީ 2019 ވާ ބުދަ ދުވަސް

ގަޑި 11:00

17 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަސް

ގަޑި 11:00

 

މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6640574 އާއި ގުޅުއްވުން އެދެމެވެ.

            

                        30 ޖުމާދަލްއައްވަލް 1440   

                         05  ފެބްރުއަރީ   2019

05 ފެބުރުވަރީ 2019
ހޯދާ