ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ ޕްލޭނިންގ އޮފިސަރ

މަޤާމް:

ސީނިއަރ ޕްލޭނިންގ އޮފިސަރ

މަޤާމު ނަންބަރު:

J-222151

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގ2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ޅ.ނައިފަރު (އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯސަލް ސާރވިސް ޔުނިޓް)

މުސާރަ:

މަހަކު -/6295ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު - /2000ރުފިޔާ

އެހެނިހެން އެލަވަންސް:

 • ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
 • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 • ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެ އިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައަޅާފައިވާނަމަ އެ ޢިނާޔަތްތައް)
 • ޓެކްނިކަލް ކޯރ އެލަވަންސް: އަސާސީ މުސާރާގެ %28 (ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ތަޢުލީމު ހާސިލް ކޮށްފައި ވާނަމަ) ނުވަތަ  ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 • ނައިފަރު ތައްގީޕްލޭނާއި ފައިނޭންސިއަލް ޕްލޭން އެކުލާވާލުމާއި އެޕްލޭންތައް ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
 • ނައިފަރު ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާއި އެޕްލޭން ރިވިއު ކުރުމާ، ޕްލޭނަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލު ގެނެސް ކަމާގުޅޭ ފަރާތްތަކަށް ފޮނުވާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
 • ކައުންސިލުން ތައްޔާރު ކުރާ ޕްރޮޕޯސަލްތަކުގެ ޑްރާފްޓް އެކުލަވާލާ، އެޕްރޮޕޯސަލަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުން
 • ކައުންސިލުން ތައްޔާރުކުރާ ޕްރޮޕޯސަލްތައް ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ފޮނުވާ އެޕްރޮޕޯސަލްތައް އެފަރާތަކާ ހިއްސާކުރުމާ ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
 • ރަށުގެ ބިމުގެ ދަފްތަރު ތައްޔާރުކޮށް ބަލަހައްޓާ، އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
 • ކައުންސިލުން އެކިއެކި ކަންކަމަށް ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމާ އެކަރުދާސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
 • ޕްލޭންކުރުމާ ގުޅޭ ގޮތުން ކޮންސަލްޓަންސީ ހޯދުމާއި، ސާވޭ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން، އަދި ޕްލޭން އެކަށައެޅުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން
 • ނައިފަރުގެ އަހަރީ މަސައްކަތު ތާވަލު އެކުލަވާލުމާ، އަހަރީ ބަޖެޓް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

މަގާމުގެ ޝަރުތައް

 1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް (މަގާމުގެ މަސައްކަތާއި ގުޅޭ)

 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • ޕްރޮޖެކްޓް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް.

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގިތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ). މަތީ ތައިލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 
 3. މަސައްކަތު ތަޖުރިބާ ލިޔުންތަކުގެ ކޮޕީ.

(ހ). ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ). އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމް

40%

އިމްތިޙާން

5%

މަސައްކަތު ތަޖުރިބާ

15%

ލިބިފައިވާ ހުނަރު

40%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected] އަދި ފެކްސް 6620391 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ފެބްރުއަރީ 24 އިން 2019 ފެބްރުއަރީ 28 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620340 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6620391 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

30 ޖަނަވަރީ 2019
ހޯދާ