އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިވަގުތު މިރަށުން ވަގުތީގޮތުން ބިންދޫކުރުން، ހުއްޓާލިކަން ޢާއްމުކުރުން

ކުރީއްސުރެ، މިރަށުން އެކި، އެކި ޚާއްޞަ ކަންކަމަށް ވަގުތީގޮތުން ދޫކުރެވިފައިވާ، ބިންތައް ކަމުގައިވާ،   ވަގުތީ ހަރުގެ ތަކާއި، ކަނދުލާގެ އާއި، އޮޑިމަރާމަރާތު ކުރުމަށް ދޫކޮށްފައިވާ ހަރުގެއާއި، އަދި ފަތުރުވެރި ކަމަށް ޚާއްޞަ ކުރެވިފައިވާ 03 ބިމާއި، ލާންޗް ފެރީގެ ޚިދުމަތައް މިހާރު ދޫކޮށްފައިވާ 02 ބިމުގެ  ކަންތައް ޙައްލުކޮށް، ރަށާއި، ރައްޔިތުންނަށް މިބިންތަކުން އެންމެބޮޑައް ނަފާލިބި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ހަމަތަކާއި، އުޞޫލްތަކާއި އެއްގޮތައް މިކަމަށް ވަގުތީ ގޮތުން ޙައްލެއް ގެނައުމުގައި ކުރަންހުރި ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ވަރަށް ވިސްނުންތެރި ކަމާއެކު މިއިދާރާއިން މިހާރު މިގެނަދަނީ ކުރަމުންނެވެ.

އެގޮތުން، ހެދިފައިހުރި އެކި ޤަވާޢިދު ތަކުގެ މައްޗަށް ބިނާކޮށް އުޞޫލްތަކެއް އެކުލަވަލުމާއި، އެކަންކަމާއި ގުޅުންހުރި އެފަދަ ފަރާތްތަކާއި، އަދި ޚާއްޞަކޮށް، އެފަދަ ބިންތައް ވަގުތީގޮތުން ބޭނުންކުރަމުން ގެންދާ ފަރާތްތަކާއި، އެކު އުޞޫލްތައް  ޙިއްޞާ ކުރުމުގެ މަސައްކަތްތައް މިހާރުވަނީ ފެށިފައެވެ.

ވުމާއެކު، އެއުޞޫލަށް ޢަމަލުކޮށް އެބިންތައް އެއުޞޫލާއި އެއްގޮތައް ބޭނުންކުރުމުގެ ވަގުތީ ހުއްދަ 01 މާރިޗް 2019 ދުވަހުން ފެށިގެން ދިނުމަށްޓަކައި، ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވެސް ރަސްމީކޮށް މިގެންދަނީ، ރާވާހިންގަމުންނެވެ.

ވީމާ، މިއުޞޫލަށް ޢަމަލުކޮށް، މިއުޞޫލާއި އެއްގޮތައް ހިންގަންފެށުމުން މިނިޒާމްގެ ތެރެއިންނޫން ގޮތަކަށް، 2019 ޖަނަވަރީން- 2019 މާރިޗް މަހުގެ ނިޔަލަށް، އެއްވެސް ބޭނުމަކު މިރަށުން ވަގުތީ ގޮތުން ވިޔަސް ބިންދޫކުރުމަށް ހަމަޖެހިފައި ނުވާކަން، ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.    

17 ޖަނަވަރީ 2019
ހޯދާ